logoEN
Sto top
ލާމުގައި ބޮޑު ސާޖިކަލް ކޭމްޕެއް ބާއްވަނީ!

ލާމުގައި ބޮޑު ސާޖިކަލް ކޭމްޕެއް ބާއްވަނީ!

އަހުމަދު ޝުރާއު

logo

7/22/2025, 10:51:46 AM

# ހެލްތު މިނިސްޓްރީ

ލ ރީޖަނަލް ހޮސްޕިޓަލް: ފޮޓޯ - އަދަދު

"ލާ މަސީލު ލާމު"ގެ ނަމުގައި ސަރޖިކަލް ކޭމްޕެއް ލ. ގައި ބާއްވަން ނިންމައިފިއެވެ.

Wamco

ލ. ރީޖަނަލް ހޮސްޕިޓަލުން ބުނީ މި ކޭމްޕް ލ. ގައި ބާއްވަނީ އޮގަސްޓް 16 އިން 14 އަށް ކަމަށެވެ.

އެކި ދާއިރާތަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު ފަށާ މި މެޑިކަލް ކޭމްޕުގައި ތަފާތު ބަލިތަކަށް ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެގައި ހޭނެއްތުމާއި އައްސިކުރުމާ ބެހޭ ކަންތައްތަކާއި، ނުފިލާ ގިނަ ދުވަސްވީ ތަދުތަކާއި، އައްސިކުރުމަށް އިންޖެކްޝަން ޖެހިތަނުގެ ހުރި މައްސަލަތަކަށް ޑރ. އަސަދު އޯޕީޑިގައި ފަރުވާދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ބަނޑުގެ އޮޕަރޭޝަންތަކާއި ގުޅޭ މައްސަލަތަކާއި، ފަލަ މީހުން ހިކުމަށް ކުރާ ބެކްޓީރިއަލް އޮޕަރޭޝަން ތަކާއި، ފިތާއި ފުރަމޭ އަދި ބަނޑުގެ މައްސަލަތަކާއި އެންޑޯސްކޮޕީ އަދި ކޮލޮނޮސްކޮޕީ ހެދުމާއި ގުޅޭ މައްސަލަތަކާއި، ގޭހާއި އަދި ހިމަ ގޮހޮރު މައްސަލަތަށް ޑރ. އަޒްނާނު ބައްލައްވާނެއެވެ.

އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޑރ.މިސްބާހު އަދި ނާރުގެ ބަލިތަކަށް ޑރ.ނިޔާފު، ކެންސަރުބަލީގެ އޮޕަރޭޝަންގެ ޙާއްސަ ޑޮކްޓަރު ޑރ.ޝިފާނުގެ އިތުރުން އާއްމު އޮޕަރޭޝަން ތަކާއި ގުޅޭ ކަންކަމަށް ޑރ. އުބައިދާއި، ޑރ. ވަހީދު ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ފަހަކަށް އައިސް މިފަދަ މެޑިކަލް ކޭޕްތައް ރަށްރަށުގައި ކުރިއަށް ގެންދައެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ބ.އަތޮޅުގައި މެޑިކަލް ކޭމްޕެއް ބާއްވާފައިވާއިރު، ކޭއާރުއެޗްގައިވެސް ޖޫން މަސްތެރޭގައި ވަނީ މެޑިކަލް ކޭމްޕެއް ބާއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC