logoEN
Sto top
ކާވާ ޗެންޕިއަންސް ލީގު: ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަތުން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބަށް ފަސޭހަ މޮޅެއް

ކާވާ ޗެންޕިއަންސް ލީގު: ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އަތުން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

7/22/2025, 5:30:32 PM

# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025

ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އާއި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި މިރޭ ސްރީލަންކާ ޕޯޓްސް އޮތޯރެޓީ އާއި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ނޭޕާލް ޓީމުން ކާމިޔާބުކޮށްފިއެވެ.

Wamco

މުބާރާތުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަތުން މޮޅިވިއިރު، ދެވަނަ މެޗުގައި ހައުސިން ޑިވޮލަޕްމަންޑް ކޯޕަރޭޝަން (އެޗްޑީސީ) އަތުން އެޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.ނަމަވެސް ތިންވަނަ މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް އަތުން 3-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. ނަމަވެސް ހަތަރުވަނަ މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް ބަލިކޮށްފައެވެ.

މީގެ އިތުރުން މުބާރާތުގައި ލަންކާ ޕޯޓްސް އޮތޯރެޓީ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުގައި ކަޒަކިސްތާންގެ ޒައިކް ވީސީ އަދި ކިރްގިސްތާނުގެ ބިޝްކެކް އަތުން ވެސް އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި 3-1 ގެ ނަތީޖާއަކުން ޑީއެސްސީ އަތުން މޮޅުވިއިރު، ހަތަރުވަނަ މެޗުގައި އެޗްޑީސީ އަތުން ލަންކާ ޓީމު މޮޅުވީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.

މުޅި މެޗުގައި ވެސް ނޭޕާލްގެ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގެ ސެޓްތައް އެޓީމުން ކާމިޔާބުކުރީ 16-25، 22-25 އަދި 23-25 ގެ ނަތީޖާއަކުންނެވެ.

މިނަތީޖާއެކު ލީގުބުރުގައި ނޭޕާލް ޓީމުން ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު ލީގުބުރުގެ ކުޅުން އެޓީމުން ނިންމާލީ ސެޓުގެ ތަފާތުން ތާވަލުގެ ތިންވަނައިގައި އޮވެއެވެ. އަދި މިމެޗުން ބަލިވި ސްރީލަންކާ ޕޯޓްސް އޮތޯރެޓީ ޓީމު ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލީގުބުރުގެ ކުޅުން ނިންމާލީ ތާވަލުގެ ހަތަރުވަނައިގައެވެ.

17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC