logoEN
Sto top
ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ޚިދުމަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަށައިފި

ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ޚިދުމަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަށައިފި

އަހުމަދު ޝުރާއު

logo

7/21/2025, 1:18:22 PM

# އާރްޓީއެލް

-

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެރީގެ ޚިދުމަތް ފުޅާކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ޚިދުމަތާ ބެހޭ ގޮތުން ބ. އަތޮޅުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބ. އަތޮޅުގައި މިއަދު ފަށައިފި އެވެ.

Wamco

މި ޕްރޮގްރާމަކީ ރައްޔިތުންނަށް އާރް.ޓީ.އެލް ޚިދުމަތުގެ ފައިދާތަކާއި، ބޭނުންކުރާނެ ގޮތްތަކާއި، އަދި ޚިދުމަތާ ގުޅޭ އެހެނިހެން މުހިންމު މައުލޫމާތު ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަދު ބ. އަތޮޅުގެ ހަތަރު ރަށެއްގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ. އޭގެ ތެރޭގައި ބ ކުޑަރިކިލާއި ކެންދޫ އާއި ކަމަދޫ އައި ކިހާދޫގައި ވަނީ މި ޕްރޮގްރާމް މިއަދު ކުރިޔަށް ގެންގޮސްފައި އެވެ.

އާރްޓީއެލްގެ ހިދުމަތް މިމަހުގެ ތެރޭގައި ބ އަތޮޅުގައި ފެށޔމަސް އަންނަނީ ތައްޔާރުވަމުންނެވެ.

އާރް.ޓީ.އެލް ފެރީ ޚިދުމަތަކީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތައް ގެނެސްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ މުހިންމު ބައެކެވެ. އާރް.ޓީ.އެލް ފެރީ ޚިދުމަތަކީ ރަށްރަށް ގުޅުވައިދީ، އިޖުތިމާޢީ އަދި އިގުތިޞާދީ ގޮތުން ކުރިއެރުން ގެނެސްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޚާއްސަކޮށް، ދަތުރުފަތުރުގެ ހޭދަ ކުޑަކޮށް، ވަގުތު ސަލާމަތްކޮށްދިނުމުގެ ސަބަބުން، ދަރިވަރުންނާއި، ބަލިމީހުންނާއި، ވިޔަފާރިވެރިންނަށް މި ޚިދުމަތުގެ ފައިދާ ބޮޑުވާނެއެވެ.

މި ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުން، ބ. އަތޮޅުގެ ރައްޔިތުންނަށް އާރް.ޓީ.އެލް ޚިދުމަތުގެ ފުރިހަމަ ބޭނުން ހިފުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC