logoEN
Sto top
ކެންސަރުބައްޔަށް ދެވޭ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށް ތައްޔާރުކުރި ލަންގް ކެންސަރ ގައިޑްލައިން އާއްމުކޮށްފި

ކެންސަރުބައްޔަށް ދެވޭ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށް ތައްޔާރުކުރި ލަންގް ކެންސަރ ގައިޑްލައިން އާއްމުކޮށްފި

އަހުމަދު ޝުރާއު

logo

7/20/2025, 4:42:47 PM

# ހެލްތު މިނިސްޓްރީ

--

ލަންގް ކެންސަރ ގައިޑްލައިން އާއްމުކޮށްފިއެވެ.

Wamco

ހެލްތު މިނިސްޓްރީން މިއަދު ބުނީ ކެންސަރުބައްޔަށް ދެވޭ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެވޭ މިފަދަ ޚިދުމަތްތައް އިތުރަށް ތަރައްގީކުރުމުގެ މަޤްޞަދުގައި އެކުލަވާލަމުންދާ ސްޓޭންޑާރޑް ޓްރީޓްމަންޓް ގައިޑްލައިން ތަކުގެ ތެރެއިން މިހާރު ތައްޔާރުކުރެވިފައިވާ ލަންގް ކެންސަރ ގައިޑްލައިން މިހާރުވަނީ ޝާޢިޢު ކުރެވިފައި ކަމަށެވެ.

މި ގައިޑްލައިން ތައްޔާރުކުރެއްވީ ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ޚާއްސަ ޑޮކްޓަރ ޑރ.މުހައްމަދު އަމްރު އަހްމަދު އެވެ.

މި ގައިޑްލައިނަށް ދިވެހި ރާއްޖޭގައި މަސައްކަތްކުރައްވާ ޞިއްޙީ ޙިދުމަތް ތެރިން އަހުލުވެރިކުވުމަށް 17 ޖުލައި ގައި އޮންލައިން ވެބިނަރ އެއް ވަނީ ބާއްވާފައެވެ.

މި ވެބިނަރގައި އެކި އެކި މުއައްސަސާ ތަކުން 121 ޞިއްޙީ ޙިދުމަތް ތެރިން ބައިވެރިވިއެވެ. މީގެ އިތުރުން، ކެންސަރު ބައްޔާއި ގުޅުންހުރި އެހެން ގައިޑްލައިންތައްވެސް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. .

E living
ކޮމެންޓް
E living
ފަހުގެ
HDC