
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭ މަޝްވަރާބައްދަލުވުމެއް ބާއްވައިފި
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ-
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ވަޒީރު، ޢަލީ އިހުސާން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތްތަކުގައި ދެ ވުޒާރާ އިން ގުޅިގެން މަސައްކަތްކުރުމެވެ. އެގޮތުން، މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ބޭނުންވާ ޤާނޫނާއި ޤަވާޢިދުތަކުގެ މައްޗަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވައިލެވިފައެވެ.
އަދި ލޭބަރ އިންސްޕެކްޝަންގެ މަސައްކަތްތަށް ހަރުދަނާ އިންތިޒާމަކާއިއެކު ކުރިއަށްގެންދިޔުމަށް ދެ ވުޒާރާ އިން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
ވަޒީފާގެ ރައްކާތެރިކަން އިތުރުކޮށްދިނުމާއި، ކުރެވޭ މަސައްކަތްތަށް އެކަށީގެންވާ އުޖޫރާ ދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މި ސިޔާސަތަށް އަމަލުކުރުމަށް ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
ގުޅުންހުރި
-1779106417162.webp&w=3840&q=75)
ލީޑަރޝިޕް ޕްރޮގްރާމުގެ ސަބަބުން ޖޮއިންޓް އޮޕަރޭޝަންތައް ހިންގުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ - އިހްސާން

ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް 2 ނިންމާލައިފި

ދައުރު ނިމިގެންދާނީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނިގެން - އިހްސާން
-1778596307988.webp&w=3840&q=75)



