
ތިނަދޫ ސިނާއީ ބިންތަކުން ކުލީގެ ގޮތުގައި ނުލިބި 29.9 މިލިއަން ރުފިޔާ: ކުލި ނުދައްކާ މީހުންގެ ލިސްޓުގައި މެމްބަރު ސައުދުالله ވެސް ހިމެނޭ!
# ތިނަދޫ ސިޓީ ކައުންސިލް-
ތިނަދޫ ސިޓީގައި ސިނާއީ އެކި މަސައްކަތް ކުރަން ދޫކޮށްފައިވާ ބިންތަކަށް ކުލި ނުދައްކާ ފަރާތްތަކުގެ ތަފްސީލް ކައުންސިލުން އާންމުކޮށްފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ ކުލި ނުދައްކާ އެންމެންގެ ތަފްސީލާއި ކުލި ނުދައްކާ އަދަދު ހާމަކޮށްފަ އެވެ. ކައުންސިލުން ވަނީ ކުލި ނުދައްކާ ފަރާތްތަކުގެ ތަފުސީލު މީގެ ފަހުން ކޮންމެ މަހަކު ވެސް ހާމަ ކުރަން ނިންމާފައިވާ ކަމަށް ހާމަކޮށްފައި އެވެ.
ކައުންސިލުން އާންމުކުރި ލިސްޓުގައިވާ ގޮތުން ނަމަ މިދިޔަ މަހުގެ ނިޔަލަށް ބިންތަކަށް ނުދައްކާ ހުރި ކުލީގެ އަދަދު 29.95 މިލިއަން ރުފިޔާއަށް އަރައެވެ. އެލިސްޓުގައި ވާގޮތުން ނަމަ މިލިއަނަކަށްވުރެ މަތިން ބިންތަކަށް ފައިސާ ނުދައްކާ 5 ފަރާތެއް ހިމެނެއެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ މޯލްޑިވްސް ގޭސް ކުންފުނިވެސް ހިމެނެއެވެ. އެ ލިސްޓުގައި މޯލްޑިވް ގޭސްއިން ކައުންސިލަށް 3.77 މިލިއަން ރުފިޔާ ނުދައްކާ އޮތްކަން ވަނީ ހާމަކޮށްފައި އެވެ.
ލިސްޓުގައިވާގޮތުން ނަމަ ބިންތަކަށް އެންމެ ބޮޑު ކުއްޔެއް ނުދައްކާ އޮތީ އަކުއާ ލައިން ޕްރައިވެޓް ލިމިޓެޑެވެ. އެކުންފުނީން ކައުންސިލަށް ޖުމުލަ 5.54 މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށް ލިސްޓުން ހާމަވެފައިވެއެވެ.
މީގެ އިތުރުން ލިސްޓުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސައުދުالله ހިލްމީގެ ނަންވެސް ވަނީ ހިމެނިފައި އެވެ. އެގޮތުން މެމްބަރު ސައުދުالله ކައުންސިލަށް ބިމު ކުލީގެ ގޮތުގައި 4 ލައްކަރުފިޔާއަށްވުރެ ބޮޑު އަދަދެއް ނުދައްކާ އޮތް ކަމަށް ލިސްޓުން ހާމަވެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ލިސްޓާއި އެކު ނެރުނު އިއުލާނުގައި ބުނެފައިވަނީ ކޮންމެ މަހެއްގެ އެއްވަނަ ދުވަހު ބިންތައް ކުއްޔަށް ހިފާފައިވާ އެންމެންނަށް އެ އިދާރާގެ އެސްއެމްއެސް ސިސްޓަމް މެދުވެރިކޮށް މެސެޖު ފޮނުވައި، ފައިސާ ނުދައްކާ މީހުންނަށް ސިޓީ ވެސް ފޮނުވާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ދެ ފަހަރު މަތިން އެންގުމަށްފަހު، އެ ގަވާއިދުގައިވާ ގޮތުގެ މަތިން ފައިސާ ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ކައުންސިލުގެ އިއުލާނުގައި ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ތިނަދޫ ސިނާއީ ބިންތަކުން ކުލީގެ ގޮތުގައި ނުލިބި 29.9 މިލިއަން ރުފިޔާ: ކުލި ނުދައްކާ މީހުންގެ ލިސްޓުގައި މެމްބަރު ސައުދުالله ވެސް ހިމެނޭ!

ޔޫއެންޑީޕީގެ އޭޝިއަން މޭޔަރސް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ތިނަދޫ ސިޓީގެ މޭޔަރާއ ޑެޕިއުޓީ މޭޔަރު ޗައިނާއަށް!

ތިނަދޫ ހޮސްޕިޓަލް ކުރިމަތީގައި އޮންނަ މައިޒާން ތަރައްޤީކުރާނެ ބަޔަކު ހޯދަނީ
