logoEN
Sto top
ތިނަދޫ ހޮސްޕިޓަލް ކުރިމަތީގައި އޮންނަ މައިޒާން ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

ތިނަދޫ ހޮސްޕިޓަލް ކުރިމަތީގައި އޮންނަ މައިޒާން ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

އަހުމަދު ޝުރާއު

logo

2/16/2025, 1:59:57 PM

# ތިނަދޫ ސިޓީ ކައުންސިލް

--

ތިނަދޫ ސިޓީގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ކުރިމަތީގައި އޮންނަ މައިޒާން ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންުކޮށްފި އެވެ.

Wamco

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ ތިނަދޫ ސިޓީގައި އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި ހޮސްޕިޓަލުގެ ގްރީން އިމާރާތް އިރުމަތީ ފަރާތުގައި އޮންނަ މައިޒާން ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަނީ އެދިފައި އެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 27 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އެ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside