logoEN
Sto top
ހިފާފައިވާ ހުޅަނގު އައްސޭރީގައި 13 އަހަރުގެ ފަލަސްތީނު ކުއްޖެއްގެ ގަޔަށް ޔަހޫދީން ބަޑިޖަހައި ޝަހީދުކޮށްލައިފި

ހިފާފައިވާ ހުޅަނގު އައްސޭރީގައި 13 އަހަރުގެ ފަލަސްތީނު ކުއްޖެއްގެ ގަޔަށް ޔަހޫދީން ބަޑިޖަހައި ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

7/18/2025, 5:26:33 PM

# ހުޅަނގު އައްސޭރި

ޔަހޫދީ ސިފައިން ހުޅަނގު އައްސޭރީގައި

ހިފާފައިވާ ހުޅަނގު އައްސޭރީގައި 13 އަހަރުގެ ފަލަސްތީނު ކުއްޖެއްގެ ގަޔަށް ޔަހޫދީން ބަޑިޖަހައި ޝަހީދުކޮށްލައިފި އެވެ.

Wamco

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އުމުރުން 13 އަހަރުގެ އަމްރު އަލީ ކަބާ ޝަހީދުކޮށްލާފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގެ ދެކުނުގައި އޮންނަ ޔާބާދުގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި އެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލު ސިފައިން އެކުއްޖާއަށް ހަމަލާދީފައިވަނީ މަގުމަތިން ހިނގާފައި ދަނިކޮށް އެއްވެސް ކުށެއްނެތި އެވެ. އަދި އެކުއްޖާ ޝަހީދުކޮށްލަން ދިން ހަމަލާއަށްފަހު އެސަރަހައްދަށް އެކުއްޖާއަށް އެހީވުމަށް އެމްބިއުލާންސްތައް ދިޔުމަށްވެސް ޔަހޫދީން ސިފައިން ވަނީ ހުރަސް އަޅާފައި ކަމަށް ވަފާއިން ބުނެއެވެ.

ޝަހީދުވި އަމްރު އަލީ ކަބާގެ ބައްޕަ ވެސް އޭނާއަށް އެހީވުމަށް މަސައްކަތްކުރި ނަމަވެސް އިޒްރޭލު ސިފައިން ވަނީ ބައްޕައަށްވެސް ވަރަށް އަނިޔާވެރިކޮށް ހަމަލާދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވަފާއިން ވަނީ ބުނެފައި އެވެ.

ކުއްޖާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޝަހީދުވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside