
ޔަހޫދީ ސިފައިންނާއި ދިމާލަށް ގާ އުކި ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި
# ހުޅަނގު އައްސޭރިޔަހޫދީ ސިފައިންނާއި ދިމާލަށް ގާ އުކި ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި އެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ އެރިއެލްގެ އާބާދީ ކައިރީގައި ފަލަސްތީނުގެ އަންހެނަކަށް އިޒްރޭލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ކަމަށް އިޒްރޭލާއި ފަލަސްތީނުގެ މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައި އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ ޓައިމްސް އޮފް އިސްރާއީލް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ ވަނީ އިޒްރޭލު ސިފައިންނާއި ކާރުތަކަށް ގައު އުކައި ވަޅިއެއް ނަގައި އެމީހުންނަށް ބިރު ދައްކާފައި އެވެ.
އިޒްރޭލުގެ އާމީ ރޭޑިއޯއިން ވަނީ މި ހާދިސާ އަކީ ނާކާމިޔާބު "ވަޅިން ހަމަލާދިނުމުގެ ހަމަލާއެއް" ގެ ގޮތުގައި ސިފަކޮށް، އަންހެން މީހާ ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.
ޔަހޫދީ ސިފައިން ވަނީ މިދިޔަ ހޮނިހިރު ދުވަހުވެސް ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ހުސާން ކައިރީގައި އިޒްރޭލު ސިފައިންގެ ގަޔަށް ގާ އުކި ކަމަށް ބުނެ ފަލަސްތީނުގެ 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައި އެވެ.
ގުޅުންހުރި

ޔަހޫދީ ސިފައިންނާއި ދިމާލަށް ގާ އުކި ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގައި މުސްލިމުންނަށް ހަމަލާދެމުންދިޔަ ޔަހޫދީ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފި

ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް: ބަނޑަށް 8 މަހުގައި މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފި
