
ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ ސައުތު ޕޮލިސް ( ގއ ، ގދ ، ޏ އަދި ސ ) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ބުދަ ދުވަހުގެ މެންދުރު 12:35 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން ފުލުހުންނަށް ރިޕޯޓުކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި މައްސަލަ އެރަށުގެ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މިކަން ސީދާ ހިނގި އަތޮޅަކާއި ރަށެއް ފުލުހުން ހާމަކޮށްފައިނުވަނީ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކަކަށް ވާތި ކުއްޖާގެ އައިޑެންޓިޓި ރައްކާތެރި ކުރުމުގެ ގޮތުންނެވެ.
ގުޅުންހުރި

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް!
.jpg&w=3840&q=75)
ޔާމީން އަދިވެސް ނުފެނޭ، ރާއްޖެއަށް ބޭރަށް ގޯސްފައިނުވާކަން ކަށަވަރު - ފުލުހުން
%20(1).webp&w=3840&q=75)
އަސްކޮއި ގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ: ލަނޑުލިބުނު މީހެއް ނަމަ ރިޕޯޓުކުރަން އެދެފި
