logoEN
Sto top
އަސްކޮއި ގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ: ލަނޑުލިބުނު މީހެއް ނަމަ ރިޕޯޓުކުރަން އެދެފި

އަސްކޮއި ގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ: ލަނޑުލިބުނު މީހެއް ނަމަ ރިޕޯޓުކުރަން އެދެފި

އަހުމަދު ޝުރާއު

logo

7/17/2025, 11:24:44 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު އަސްކޮއި ގްރޫޕުން ބަޔަކަށް ލަނޑުދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

Wamco

ފުލުހުން މިއަދު ބުނީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް އަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގައި އުމްރާ އަށް ދިޔުމުގެ އިންތިޒާމް ހަމަޖައްސައިދީފައިނުވާ ކަމަށް ބުނާ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައިވާ ކަމަށެވެ.

އަދި މި މައްސަލަ އާއި ގުޅިގެން ކަމާގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް އެ ހިދުމަތުގެ އެކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުން އަންނަކަން ވަނީ ފުލުހުން ހާމަކޮށްފައި އެވެ.

އެގޮތުން މި ގްރޫޕުގެ ފަރާތުން މިފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ އެކަން އެކޮނޮމިކް ކްރައިމް ގެ ނަމްބަރު 9790048 އަށް ގުޅުއްވައި ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވެ މައްސަލަ ހުށަހެޅުއްވުމަށް ފުލުހުން މިއަދު ވަނީ އެދިފައި އެވެ.

ފުލުހުން މި މައްސަލަ ބަލަން ފެށި އިރު އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އިސްލާމީކް މިނިސްޓްރީގެ ސަމާލުކަމަށް ރޭ އިރާކޮޅުގައި އައިސްފައިވާ ކަމަށް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައި އެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެކަންވެސް ވަނީ ހާމަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside