.jpg&w=3840&q=75)
ޔާމީން އަދިވެސް ނުފެނޭ، ރާއްޖެއަށް ބޭރަށް ގޯސްފައިނުވާކަން ކަށަވަރު - ފުލުހުން
# ދިވެހި ފުލުހުންގެ ޙިދުމަތް-
މާލެއިން ގެއްލިގެން ހޯދަމުން އަންނަ އުމުރުން 30 އަހަރުގެ ހަސަން ޔާމީން އަދިވެސް ނުފެންނަ ކަމަށާއި އޭނާ ރާއްޖެއިން ބޭރަށް ފުރައިފައިނުވާކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިމަހުގެ 11 ވަނަ ދުވަހުގެ 21:25 އެހާކަންހާއިރު މާލޭގައި ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާކަމަށް ފުލުހުންނަށް ހުށަހާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ 20:30 އެހާކަންހާއިރު އެވެ.
ޔާމީން ގެއްލުނު މައްސަލައާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީންގެ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމުން އެކަން ފުލުހުންގެ ކަމާބެހޭ ހުރިހާ ޑިޕާޓްމެންޓުތަކަށާއި ކަމާބެހޭ އެހެނިހެން މުއައްސާސަތަކަށް އަންގާފައިވާނެ ކަމަށާއި އަދި ތަހުގީގުގެ މަސައްކަތް ފަށައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.
މިގޮތުން ތަހުގީގުން ވާނީ ހަސަން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާގުޅުންހުރި އިދާރާތަކުން ކަށަވަރުކޮށްފައި ކަން ފުލުހުން ވަނީ ބުނެފައި އެވެ.
އަދި ހަސަން ޔާމީން ހޯދުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން ކުރެވެން ހުރި އެންމެހައި މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރަމުން ކަމަށްވެސް ވަނީ ބުނެފައި އެވެ.
މައްސަލައާ ގުޅުންހުރި ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަންވެސް ހާމަކުރައްވައި ފުލުހުން ބުނީ އާއިލާގެ އެއްބާރުލުމާއެކު ޔާމީން ދިރިއުޅޭތަން ބަލައި ފާސްކުރި އިރު، ތުހުމަތުކުރެވޭ އެއްވެސްކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށެވެ. އަދި އެޕާޓްމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވިފައިނުވާކަމަށްވެސް ފުލުހުން ބުންޏެވެ.
ޔާމީންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ގުޅުންހުރި

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް!
.jpg&w=3840&q=75)
ޔާމީން އަދިވެސް ނުފެނޭ، ރާއްޖެއަށް ބޭރަށް ގޯސްފައިނުވާކަން ކަށަވަރު - ފުލުހުން
%20(1).webp&w=3840&q=75)
އަސްކޮއި ގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ: ލަނޑުލިބުނު މީހެއް ނަމަ ރިޕޯޓުކުރަން އެދެފި
