logoEN
WAMCO TOP 1
މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ: ފުޅަނދުބުރާއި ހެވިކަމުގެ ކުޅިވަރުތައްވެސް އޮންނާނެ!

މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ: ފުޅަނދުބުރާއި ހެވިކަމުގެ ކުޅިވަރުތައްވެސް އޮންނާނެ!

އަހުމަދު ޝުރާއު

logo

7/18/2025, 11:11:31 AM

# މިނިވަން 60

--

މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

THE TRAVELLER AD

މިއަހަރަކީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރޭ އަހަރެވެ. އެގޮތުން މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޖުލައި 26 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިނިވަން ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ގެ ހެނދުނު މާލޭގެ ޖުމްހޫރީ މައިދާނުގައި އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. އެގޮތުން އެހަރަކާތް ކުރިޔަށްދާނީ އެދުވަހުގެ ހެނދުނު 6:00 ޖަހާއިރު އެވެ.

އެއަށްފަހު އެދުވަހުގެ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑްގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރު އަދި ސަގާފީ އައިޓަމްތަކާއި އެކު ޒަމާނުއްސުރެ ބާއްވަމުން އަންނަ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ތާވަލުކޮށްފައި އެވެ. އަދި ހަމަ އެދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑު އަދި ޤައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ރޫޓްމާޗު ކުރިއަށްގެންދާއިރު މިހަރަކާތް ހުޅުމާލޭގެ ބޮޑެތިމަގުތަކުގައި ޖުލައި 27 ވަނަ ދުވަހު ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕަސެންޖާ ޓާމިނަލް ހުޅުވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރަސްމިއްޔާތު ބޭއްވުމަށް އެއާޕޯޓްސް ކޮމްޕެނީއިން ތާވަލުކޮށްފައިވަނީ މިނިވަން ދުވަހުގެ ރެއެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ 27 ވަނަ ދުވަހުގެ ހެނދުނު 08:30 ގައި ސޯޝަލް ސެންޓަރުގައި އެވެ. ސަރުކާރުން ވަނީ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާއި މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް އެރުވުމަށް ނިންމަވާފައެވެ.

27 ވަނަ ދުވަހުގެ ރޭ މާލޭގެ ބޮޑެތި މަގުތަކުގައި މިނިވަން ދުވަހުގެ ފުޅަނދުބުރު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ފުޅަނދުބުރު ކުރިޔަށްގެންދިޔުމަށް ތާވަލުކޮށްފައިވަނީ 28 ވަނަ ދުވަހުގެ ރެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރުގެ ބައެއް އިއްޒަތްތެރިންނަށްވެސް ސަރުކާރުން ވަނީ ދައުވަތުދީފައި އެވެ. އެގޮތުން މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަށް ބައްލަވާލެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިމަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް މިހާރުވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް
ފަހުގެ
HDC