logoEN
WAMCO TOP 1
މިނިވަން 60 ފާހަގަކުރުމަށް މާލެ ސަރަހައްދުގައި "ފުޅަނދުބުރު" ކުރިޔަށްދާނެ!

މިނިވަން 60 ފާހަގަކުރުމަށް މާލެ ސަރަހައްދުގައި "ފުޅަނދުބުރު" ކުރިޔަށްދާނެ!

އަހުމަދު ޝުރާއު

logo

7/16/2025, 5:10:55 PM

# މިނިވަން 60

--

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، މިނިވަން 60 އަށް ތައްޔާރުކުރާ ފުޅަނދުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވަން ފަށްޓަވައިފިއެވެ.

THE TRAVELLER AD

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ފުޅަނދު ބުރުގައި ބައިވެރިކުރުމަށް ތައްޔާރުކުރަމުންދާ ފުޅަނދުތަކުގެ ތެރެއިން ވަޒީރު އެންމެ ފުރަތަމަ ބައްލަވާލައްވާފައި ވަނީ ޤައުމީ ދިފާޢީ ބާރުން އުފައްދާ ފުޅަނދެވެ.

މި ފުޅަނދު ބައްލަވާލެއްވުމަށް ޤައުމީ ދިފާޢީ ބާރުގެ ސަރވިސް ކޯރ، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އަށް ވަޒީރު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޤައުމީ ދިފާޢީ ބާރުގެ ސަރވިސްކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަޙްމަދު ޝާރިމް، އެވެ. ވަޒީރު އާދަމް ނަޞީރުގެ މި ޒިޔާރަތުގައި ޤައުމީ ދިފާޢީ ބާރުން ތައްޔާރު ކުރަމުންދާ ފުޅަނދާބެހޭ މަޢުލޫމާތު، އެ ފުޅަނދުގެ އިންޖިނިއަރުންގެ ޓީމުން ވަނީ ވަޒީރަށް އަރުވާފައެވެ. އަދި ވަޒީރު ވަނީ ޤައުމި ދިފާޢީ ބާރުން ތައްޔާރު ކުރާ ފުޅަނދުގައި ކުޑަކުދީންނާއި އެ ނޫން ފަރާތްތައް ވެސް ޝައުޤުވެރިވާނެ އީޖާދީ އާ ވިސްނުންތައް ހިމެނިފައިވާކަން ފާހަގަކުރައްވާފައެވެ.

މި ފުޅަނދުގެ އިތުރުން މިނިވަން 60 ފާހަގަ ކުރުމުގެ ގޮތުން ތައްޔާރުކުރާ ހުރިހާ ފުޅަނދެއްގެ މަސައްކަތްތައް ކުރިއަށްދާގޮތް ވެސް ވަޒީރު ބެއްލެވުމަށް ވަނީ ތާވަލުކުރެވިފައެވެ.

މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ "ފުޅަނދުބުރު" ގެ ހަރަކާތްތަކަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބަކާއި މަޤްބޫލުކަމެއް އަބަދުވެސް ލިބެމުން އަންނަ ހަރަކާތެކެވެ.

ކޮމެންޓް
ފަހުގެ
HDC