logoEN
Sto top
މިފްކޯހެ މަހުގެ ބާވަތްތައް ޔޫކޭއަށް އެކްސްޕޯޓްކުރުމަށް ޕްރިންސަސް ގްރޫޕާއިއެކު އެއްބަސްވުމެއް!

މިފްކޯހެ މަހުގެ ބާވަތްތައް ޔޫކޭއަށް އެކްސްޕޯޓްކުރުމަށް ޕްރިންސަސް ގްރޫޕާއިއެކު އެއްބަސްވުމެއް!

އަހުމަދު ޝުރާއު

logo

7/17/2025, 5:46:57 PM

# މިފްކޯ

-

ރާއްޖޭގެ މައި މަސްކުންފުނި މިފްކޯއާއި އިނގިރޭސިވިލާތުގެ ޕްރިންސަސް ގްރޫޕާ ދެމެދު ޚާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Wamco

މި އެއްބަސްވުމަކީ ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކާއި ފިނިކުރި މަސް އިނގިރޭސިވިލާތަށް ބޭރުކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރިޔަށް ދިޔަ ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިން މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް ފަރުހަތު ޝަހީރުއެވެ. އަދި ޕްރިންސަސް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ގްރޫޕްގެ ޗީފް ޕަރޗޭސިންގ އޮފިސަރ ނީލް ބޮހަނަމްއެވެ.

މި އެއްބަސްވުމުގެ ދަށުން މިފްކޯއާއި ޕްރިންސަސް ގްރޫޕާ ދެމެދު ދިގުމުއްދަތަކަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށްގެންދާނޭކަން ހާމަކޮށް މިފްކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ ވަކި މިންގަނޑަކަށް، ފިނުކުރި ކަނޑު މަހާއި އެކުންފުނީން ބަންދުކުރާ ދަޅުމަހުގެ ބާވަތްތައް އިނގިރޭސިވިލާތުން ގަންނާނެ ކަމަށެވެ.

މީގެއިތުުރުން މަސް ގަތުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން މަގުފަހިވެެގެންދާނޭކަމަށް މިފްކޯއިން ބުނެފައި ވެއެވެ.އިނގިރޭސިވިލާތަކީ ރާއްޖެއިން މިހާރުވެސް މަސް ބޭރުކުރާ މައި އެއް ގައުމެވެ. ރައީސް މުއިއްޒު އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ފްރޮމް މޯލްޑިވްސް ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ އައު ޤައުމީ ބްރޭންޑެއް ތައާރަފްކޮށްފައި އެވެ.

މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު އެއް މަސައްކަތް ކަމަށާއި އަދި މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަގްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ އުފެއްދުމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC