logoEN
Sto top
"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރުލުން ބާއްވައިފި

"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރުލުން ބާއްވައިފި

ހަސަން ޝަމްއޫން

logo

7/16/2025, 3:29:04 PM

# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025

މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރުލުން މިރޭ ބާއްވައިފިއެވެ.

Wamco

ކުލަގަދަ ރަސްމިއްޔާތަކާއިއެކު ތިނަދޫ ސިޓީ އާބާދީ މަރުކަޒުގައި މިރޭ ބޭއްވި ގުރުލުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކަމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓްރީގެ ނައިބު ހުސެއިން ރައުހަތު ގުދުރަތުﷲ، ގދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ވާރިޝް، ތިނަދޫ ސިޓީ ކައުންސިލްގެ އެކްޓިންގ މޭޔަރު އާމިނަތު ނަސީމާގެ އިތުރުން މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އޮފިޝަލުން ބައިވެރިވިއެވެ.

ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ތިނަދޫ ސިޓީގައި ބާއްވާ މިމުބާރާތަކީ މިއަތޮޅުގެ ޒުވާންގެ މެދުގައި ފުޓްސަލްގެ ފޯރި އިތުރުކޮށް އަތޮޅުގެ ޒުވާންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ވާދަވެރި މާހައުލެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ މުބާރާތެކެވެ.

މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕްކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

26 ޖުލައި 2025 އިން 04 އޮގަސްޓް 2025 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް ގދ. އަތޮޅު ކައުންސިލުން ވަނީ 25،000 އަދި ރަނަރަޕަ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.

މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.

މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

ގުރޫޕް އޭ

ފިޔޯރީ

ރަތަފަންދޫ

ނަޑެއްލާ

ތިނަދޫ ސިޓީ

ގުރޫޕް ބީ

ހޯނޑެއްދޫ

ވާދޫ

ފަރެސްމާތޮޑާ

މަޑަވެލި

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside