logoEN
Sto top
"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް"ގެ މީޑިއާ  ޕާޓްނަރއަކަށް ގާފު ސްޕޯޓްސް

"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް"ގެ މީޑިއާ ޕާޓްނަރއަކަށް ގާފު ސްޕޯޓްސް

ހަސަން ޝަމްއޫން

logo

7/16/2025, 4:36:29 AM

# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025

ގާފު މީޑިއާ ގުރޫޕްގެ މާކެޓިން އެންޑް އެޗްއާރު މެނޭޖަރު މުހައްމަދު މުއައްވިޒް (ކ) އަދި ގދ. އަތޮޅު ކައުންސިލްގެ އެގްޒެކެޓިވް އާމިނަތު އާދަމް.. ފޮޓޯ: ގދ.އަތޮޅު ކައުންސިލް

"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025"ގެ މީޑިއާ ޕާޓްނަރއަކަށް ގާފު ސްޕޯޓްސް ހަމަޖައްސައިފިއެވެ.

Wamco

ގދ.އަތޮޅު ކައުންސިލްގެ މީޓިން ހޯލުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ގާފު ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ ގާފު މީޑިއާ ގުރޫޕްގެ މާކެޓިން އެންޑް އެޗްއާރު މެނޭޖަރު މުހައްމަދު މުއައްވިޒް އެވެ. އަދި ގދ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ އެގްޒެކެޓިވް އާމިނަތު އާދަމް އެވެ.

ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ތިނަދޫ ސިޓީގައި ބާއްވާ މިމުބާރާތަކީ މިއަތޮޅުގެ ޒުވާންގެ މެދުގައި ފުޓްސަލްގެ ފޯރި އިތުރުކޮށް އަތޮޅުގެ ޒުވާންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ވާދަވެރި މާހައުލެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ މުބާރާތެކެވެ.

މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕްކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

2025 ޖުލައި 26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް ގދ. އަތޮޅު ކައުންސިލުން ވަނީ 25،000 އަދި ރަނަރަޕަ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.

މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside