
ހަކަތައިގެ މަޝްރޫއުތަކަށް އެހީ ހޯދުމަށް ވޯލްޑް ބޭންކުގެ އިސްވެރިންނާއި ބައްދަލުކޮށްފި
# އެންވަޔަރަމަންޓް މިނިސްޓްރީ--
އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް (ISA) ގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގެ ހަވާސާގައި، އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު އަދި މިނިސްޓްރީގެ އިސް އޮފިޝަލުން، ވޯލްޑް ބޭންކްގެ ޕްރެކްޓިސް މެނޭޖަރ މިސްޓަރ ރާހުލް ކިޗްލޫ އާއި އެޓީމާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްގެންދެވުނީ، ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުތައް އިތުރަށް ހޯދުމުގެ މަޤްސަދުގައި ކަމަށް މިނިސްްޓްރީން ބުނެއެވެ.
އެގޮތުން މި ބައްދަލުވުމުގައި، މިހާރު ރާއްޖޭގައި ކުރިއަށްދާ ހަކަތައާ ގުޅުންހުރި މަޝްރޫޢުތަކާ ބެހޭގޮތުން ފުޅާކޮއް މަޝްވަރާކުރެވުނެވެ. ޚާއްސަކޮށް، އިޔާދަކުރެނެވި ހަކަތަ (renewable energy) އާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް، ވޯލްޑް ބޭންކްގެ އެހީތެރިކަން ލިބެމުންދާ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ބަދަލުކުރެވުނެވެ.
އަދި، މުސްތަޤްބަލުގައި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް ލިބިދާނެ އެއްބާރުލުންތަކާއި އެހީތެރިކަމުގެ އިތުރު ފުރުސަތުތައް ހޯދުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައި އެވެ. މިގޮތުން، ދެމެހެއްޓެނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުތަކާއި، ހަކަތަ ރައްކާތެރިކުރުމުގެ ޕްރޮގްރާމްތަކަށް ވޯލްޑް ބޭންކްގެ އެހީތެރިކަން އިތުރަށް ހޯދުމުގެ މަގުތައް ވަނީ ހުޅުވިފައެވެ.
މިފަދަ ބައްދަލުވުންތަކަކީ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް މުހިންމު ފުރުސަތުތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ބައިނަލްއަޤްވާމީ ވޭލް ޝާކު ދުވަހުގެ މުނާސަބަތުގައި ޚާއްސަ ލެކްޗަރެއް ބާއްވަނީ

ގްރީން ކްލައިމެޓް ފަންޑުގެ 25 މިލިއަން ޑޮލަރުގެ މަޝްރޫޢު ޔޫ.އެން.އީ.ޕީ އާއިއެކު ފަށަނީ

އޭޝިއާ ޕެސިފިކުގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ ފޯރަމްގެ ނާއިބު ރައީސްކަމަށް ތާރިގް!
