
ނިލަންދޫގަައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމު ކުރިޔަށްގެންގޮްސްފި
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފ. ނިލަންދޫގަައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމްގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އިޖުތިމާޢީ އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އިސްރަށްވެހިން ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.
އަދި އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.
ހަމައެހެންމެ، އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެކެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފ. އަތޮޅުގެ އިޖުތިމާއީ ބަދަހި މަދަދުވެރިންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުުގެ މުއްދަތަށް ހިންގި ތަމްރީނު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓްވެސް ވަނީ ދީފައި އެވެ. ފ. ނިލަންދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ފ އަތޮޅުގެ ރަށް ރަށުގެ އިބަމަ މެންބަރުންގެ ތެރެއިން 26 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.
ގުޅުންހުރި

އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ހޯދުމަށް އދގެ މަންދޫބާއިއެކު މަޝްވަރާކޮށްފި

ފޮނަދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމު ކުރިޔަށް ގެންގޮސްފި

'ޙާލު ކިހިނެއް؟' ޕްރޮގްރާމް ހުޅުމާލެ ފޭސް-1 ގައި ފެށުމަށް ތައްޔާރުވަނީ
