
-
ކަސްޓަމްސްގެ ވަޒީފާއާ އަލަށް ގުޅުނު އޮފިސަރުން ކަސްޓަމްސް އޮފިސަރުންގެ ހުވާ ކޮށްފި އެވެ.

މިއަދު ކަސްޓަމްސްގެ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި އޮފިސަރުންނަށް ހުވާ ލައިދެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު އެވެ.
އޮފިސަރުން ހުވައިކުރަން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ މުހައްމަދުގެ އިތުރުން ކަސްޓަމްސްގެ ވެރިން ބައިވެރިވަޑައިގެންނެވި އެވެ.
ހުވާ ލައިދެއްވުމަށް ފަހު ހުވާގެ މުހިއްމު ކަމާއި ހުވާގެ މަތީގައި ދެމިތިބުމުގެ މައްޗަށް ގާޒީ އަބްދުﷲ ވަނީ އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
އަދި މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ދިޔާނާ މުހައްމަދުގެ ވާހަކަފުޅުގައި ވަނީ ބޯޑަރުތައް ބެލެހެއްޓުމުގައިއާއި ވިޔަފާރީތަކަށް ބޯޑަރުތައް މަގުފަހިކުރުމުގައި ކަސްޓަމްސްގެ މުހިންމު ދައުރަށް އަލިއަޅުވާލައްވާފައި އެވެ. އެކަމަނާ ވަނީ ނަޒާހަތްތެރިކަމާއި އަޚްލާޤު ދެމެހެއްޓުމަށާއި ފަޚުރުވެރިކަމާއި ވިސްނުންތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ގުޅުންހުރި

"ޓްރޭޑިއަން" ޕޯޓަލްއަށް ކަސްޓަމްސްގެ އިތުރު ހިދުމަތެއް!

އަންނަ މަހުން ފެށިގެން ފްރައިޓް ފޯވާޑިންގގެ ޚިދުމަތް ލިބޭނީ ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނަށް އެކަނި!

ކަސްޓަމްސްގެ ޚިދުމަތާ އަލަށް ގުޅުނު 59 އޮފިސަރަކު ހުވާކޮށްފި
