logoEN
Sto top
މާމިގިލި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާމިގިލި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

އަހުމަދު ޝުރާއު

logo

7/15/2025, 5:51:29 PM

# އާރްޑީސީ

-

އދ. މާމިގިލީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން މިއަދު ހާމަކޮށްފި އެވެ.

Wamco

އާރްޑީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ އދ. މާމިގިލީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތް އަދި ބެކް ފިލިންގގެ މަސައްކަތް ކަމަށެވެ.

އާރުޑީސީއިން މަޢުލޫމާތު ދޭ ގޮތުގައި މަގުތައް ހަދާ ނިމޭއިރު ފަސޭހައިން ފެން ހިނދިގެންދާނެއެވެ. އެގޮތުން ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި، ޕަމްޕް ސްޓޭޝަން އެރަށުގައި ބަހައްޓާނެކަމަށްވެސް އާރުޑީސީއިން ބުނެއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޖުމްލަ 80 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside