logoEN
Sto top
ނަރުދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފި

ނަރުދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/15/2025, 9:42:03 AM

# އާރްޑީސީ

-

ށ ނަރުދޫ ސިއްހި މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ތޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއި ހަވާޅުކޮށްފި އެވެ.

Wamco

ސަރުކާރުން މި މަޝްރޫއުގެ އަމަލީ މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ނަރުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

މި އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު އަޙްމަދު ޤާސިމް އެވެ. އަދި އާރްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

މި މަޝްރޫޢުގެ ދަށުން އައު އިމާރާތް އިމާރާތްކުރުމާއި، ވަށާ ފާރު ރޭނުމާއި ޕޯޓިކޯއެއް ހެދުމުގެ މަސައްކަތް އާރްޑީސީން ކުރާނެ އެވެ. މީގެއިތުރުން ، ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި ، ޓައިލްސް ޖެހުމާއި ، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއ،ި ދަގަނޑު މަސައްކަތްތަކާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއ،ި އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އާރްޑީސީއާއި ހަވާލުކޮށްގެން ސަރުކާރުން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ ތަރައްޤީގެ މަޝްރޫއުތަކެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އައު އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC