
-
މައި އެއާޕޯޓު ހުންނަ ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި އުޅަނދުތައް ޕާކު ކުރުން ވަގުތީގޮތުން މަނާކޮށްފި އެވެ.

އެމްއޭސީއެލުން މިއަދު ބުނީ ވވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް 26 ޖުލައި 2025 ގައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތަށް ވަމުންއަންނަ ތައްޔާރީތަކާ ގުޅިގެން ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން 17 ޖުލައި 2025 އިން ފެށިގެން އިރުމަތީ ފަރާތު ޕާކިން ޒޯންގައި ހަތަރު ފުރޮޅުލީ އުޅަދުތައް ޕާކު ކުރުން ވަނީ މަނާ ކޮށްފައި އެވެ. އެހެންކަމުން، އެދުވަހުގެ ކުރިން މި ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކުން އެ އުޅަނދުތައް ނަންގަވައިދެއްވުން ވަނީ އެދިފައި އެވެ.
މީގެ އިތުރުން ހުޅަނގު ފަރާތު ޕާކިން ޒޯނުގައި 17 ޖުލައި 2025ގެ 18:00 ގެ ފަހުން އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެއް ކަމަށް ވަނީ ކަނޑައަޅާފައި އެވެ.
އެމްއޭސީއެލުން ބުނީ މި ކަމަށް އަމަލުކުރަންފަށާ ތާރީހު ކަމަށްވާ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސާވިސަސްއާ ގުޅިގެން މި ޕާކިން ޒޯންތަކުން އުޅަނދުތައް ހުސްކުރެވޭނެ ކަމަށެވެ. އަދި ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެކަންވެސް ވަނީ ހާމަކޮށްފައި އެވެ.
މި ބަދަލާ ގުޅިގެން އެ ޕާކިން ޒޯނުތަކުގައި ޕާކުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްއޭސީއެލުން ވަނީ މާފަށް އެދިފައި އެވެ.
ގުޅުންހުރި

ހުޅުލޭގެ ޕާކިން ޒޯންތަކުގައި އުޅަނދުތައް ޕާކު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައިފި: ޓްރަޔަލް ކާމިޔާބު!

ވީއައިއޭގެ އާ ޓާމިނަލްގެ ފަސިންޖަރު ޗެކިން އާއި ބޯޑިން ސިސްޓަމްގެ ޓެކްނިކަލް ޓްރަޔަލް ކުރިއަށް ގެންގޮސްފި
