logoEN
Sto top
ޓާމިނަލް ހުޅުވުމަށް ހަވާއަރުވަން އިސްރާއީލާއި ގުޅުންހުރި ކުންފުންޏަކާއި ހަވާލެއް ނުކުރޭ، ފަތުރަނީ ދޮގު ހަބަރެއް!

ޓާމިނަލް ހުޅުވުމަށް ހަވާއަރުވަން އިސްރާއީލާއި ގުޅުންހުރި ކުންފުންޏަކާއި ހަވާލެއް ނުކުރޭ، ފަތުރަނީ ދޮގު ހަބަރެއް!

އަހުމަދު ޝުރާއު

logo

7/7/2025, 3:53:43 PM

# އެމްއޭސީއެލް

-

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވާއަރުވަން އިސްރާއީލު ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް އެމްއޭސީއެލުން މިރޭ ބުނެފި އެވެ.

Wamco

އެމްއޭސީއެލުން މިރޭ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވާއަރުވަން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިޒްރޭލާށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއްކަމަށްބުނެ، 07 ޖުލައި 2025 ވަނަ ދުވަހު ރާއްޖެޓީވީއިން ސޯޝަލް މީޑިއާގެ މަންސަތަކުގައި ދައުރުކުރަމުން އަންނަ ވީޑިއޯއާއި ގުޅޭ ގޮތުން ޚާއްސަ ނޫސްބަޔާނެއް ނެރެފައި އެވެ.

އެގޮތުން އެކުންފުނީގެ ބަޔާނުގައު ބުނީ އެމް.އޭ.ސީ.އެލްއަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް ޢަމަލެއް އެކުންފުނިން ކޮށްފައިނުވާނެކަމާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އަދި ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެ ކުންފުނިން އެއްވެސް މުޢާމަލާތެއް ކޮށްފައެއްނުވާނެކަންވެސް ކަށަވަރުކޮށްދީފައި އެވެ.

ވަކިން ޚާއްސަކޮށް، ރާއްޖެޓީވީއިން އެމް.އޭ.ސީ.އެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް އެ ކުންފުނިން ކުރަމުން ނުގެންދާކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައި އެވެ.

އެމްއޭސީއެލުން ބުނީ ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު މިވާހައަކީ އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމުން، އެ ކުންފުނިން މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ގިއުގަނޑުތަކުގެ ތެރޭގައި ތެދު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށްވެސް އެ ކުންފުނީގެ ފަރާތުން ރާއްޖެޓިވީއަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެމް.އޭ.ސީ.އެލްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށް ވެފައި، އެމް.އޭ.ސީ.އެލްއާމެދު މިފަދަ ސާބިތުނުހިފޭ، ހަގީގަތާއި ޚިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރުގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ޤާނޫނީ ފިޔަވަޅުތައް ކުންފުނިން ބަލަމުން ގެންދާކަން ފާހަގަކޮށް އެކުންފުނީން ބުނީ ދިވެހިރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ޤާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މި މައްސަލަ ހުށައެޅުމަށްޓަކައި ކުންފުނިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside