logoEN
Sto top
ކަސްޓަމްސް ޚިދުމަތްތަކުގައި ލުއިދޭ ޕްރޮގްރާމުގެ ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓު!

ކަސްޓަމްސް ޚިދުމަތްތަކުގައި ލުއިދޭ ޕްރޮގްރާމުގެ ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓު!

އަހުމަދު ޝުރާއު

logo

7/15/2025, 5:29:08 AM

# ކަސްޓަމްސް ސާވިސަސް

-

ކަސްޓަމްސްގެ ގަވާއިދާ އުޞޫލުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަޤްޞަދުގައި ކަސްޓަމްސްއިން ތަޢާރަފްކޮށްފައިވާ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ (އޭ.އީ.އޯ) ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ޙާސިލްކުރި ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓް ހޮވިއްޖެއެވެ.

Wamco

މި ކުންފުންޏަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒްއެވެ.

އިންނަހުރާ މޯލްޑިވްސް ރިސޯޓުގެ ފަރާތުން ސެޓްފިކެޓާއި ހަވާލުވެވަޑައިގަތީ އިންނަހުރާ މޯލްޑިވްސްގެ މާލެ އޮފީހުގެ މެނޭޖަރ ހުސެއިން ހަމީދުއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމަކީ ދުނިޔޭގެ 89 ޤައުމެއްގައި މިހާރު ތަންފީޒްކުރަމުންދާ ޕްރޮގްރާމެއް ކަމަށެވެ. ދިޔާނާ ވަނީ މި ޕްރޮގްރާމުގެ ތެރެއިން ކުންފުނިތައް 3 ގިންތިއަކަށް ބެހިގެންދާއިރު، އެކުންފުނިތަކުން ޤަވާއިދުތައް ތަންފީޒު ކުރާ މިންވަރަށާއި ޕްރޮގްރާމުގައި ހޭދަކުރާ މުއްދަތައް ބަލައި، އިތުރު ފަސޭހަތައް ލިބިދޭ ގިންތިއަށް ޕްރޮމޯޓް ވުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމަކީ، ބައިނަލްއަޤުވާމީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ކަސްޓްމްސްގެ ޤާނޫނާއި ގަވާއިދާއި އަދި އިމްޕޯޓް އެކްސްޕޯޓްއާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާ ފަރާތްތަކަށް، މުދާ އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރުމުގެ މަރުހަލާތަކުގައި ޚާއްޞަ ފައިދާތަކާއި ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، އެކުލަވާލައިފައިވާ ޤައުމީ ފެންވަރުގެ ޕްރޮގްރާމެކެވެ.

ކަސްޓަމްސްއިން ފަށާފައިވާ ޕްރޮގްރާމުގައި ކުންފުނިތައް 3 ޓިއަރއަކަށް ނުވަތަ ގިންތިއަކަށް ބަހާފައެވެ. އެއީ ގޯލްޑް، ސިލްވަރ އަދި ޕްލެޓިނަމް ޓިއަރއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު އެއް މަޤްޞަދަކީ، ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖެއިން މުދާ ބޭރުކުރުމުގައި އަދި ކަސްޓަމްސްގެ އެހެނިހެން ޚިދުމަތްތައް ހޯދައި ލިބިގަތުމުގައި ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް، ވިޔަފާރިވެރިންނަށް ހިތްވަރުދީ، އެފަދަ ފަރާތްތައް އިތުރުކުރުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި، ކަސްޓަމްސްއިން ކަނޑައަޅާފައިވާ ޚާއްސަ ޝަރުތުތަކެއް ފުރިހަމަ ކުރަންޖެހެއެވެ.

މެދުކެނޑުމެއް ނެތި މަދުވެގެން 5 އަހަރުދުވަހު މުދާ އިމްޕޯޓް ކޮށްފައިވާނަމަ ނުވަތަ އެކްސްޕޯޓް ކޮށްފައިވާނަމަ، އެފަރާތަކީ ކުދި އަދި މެދުފަންތީގެ ކުންފުންޏެއް ކަމުގައިވީނަމަވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside