
--
ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްގީކޮށް، އަމިއްލަ އަގުތައް ވަރުގަދަކޮށް، އަދި އަމިއްލަ އަޑު އުފުލުމަށް ބާރުއަޅާ "މަންސާ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމް ކުރިޔަށްދާނީ ޖުލައި މަހުގެ 23 ވަނަ ދުވަހު، ސޯޝަލް ސެންޓަރުގައެވެ.
16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖުލައި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލައި ކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ޕްރޮގްރާމްގެ ބައިވެރިންނަށް ހިލޭ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ސެޓްފިކެޓެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެއެވެ.
ގުޅުންހުރި

އައްޑޫގައި ކުރިޔަށްގެންދިޔަ 'އަހަންނަކީ ނޫސްވެރިއެއް' ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި

ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަން މިމަހު 10ގައި!

ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
