
ރާއްޖޭގެ ނޫސްވެރިންގެ ހުނަރުތައް ތަރައްގީކުރުމަށް ބީބީސީގެ އޮންލައިން މާސްޓަރކްލާހެއް ބާއްވަނީ
# ޔޫތު މިނިސްޓްރީ-
ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ބީބީސީގެ އޮންލައިން މާސްޓަރކްލާހެއް ބާއްވަން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި މާސްޓަރކްލާސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ހޯމަ ދުވަހު، ހެނދުނު 10:30 އިން މެންދުރު 12:30 އަށް އޮންލައިންކޮށެވެ.
މި މާސްޓަރކްލާސް ބައިވެރިވުމަށް ހުޅުވާލެވިފައިވަނީ ނޫސްވެރިންނަށާއި، ޕްރޮޑިއުސަރުންނަށާއި، މީޑިއާގެ އެހެނިހެން ހުނަރުވެރި މަސައްކަތްތެރިންނަށެވެ.
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން އިންތިޒާމުކުރާ މި މާސްޓަރކްލާހަކީ، ތަޖުރިބާކާރުންގެ ކިބައިން ސީދާ ދަސްކުރުމުގެ ރަނގަޅު ފުރުސަތެކެވެ. މީގެ ސަބަބުން ނިއުސްރޫމްގެ އަމަލީ ތަޖުރިބާތައް ލިބި، އެޑިޓޯރިއަލް އަދި ސްޓްރެޓީޖިކް މީޑިއާ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެދޭނެއެވެ.
ގުޅުންހުރި

"ސަޅި ފެސްޓް 2025" މާދަމާ ފަށަނީ

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމްގެ ދަށުން ކުރިޔަށްގެންދިޔަ ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ނިންމާލައިފި

އައްޑޫގައި ކުރިޔަށްގެންދިޔަ 'އަހަންނަކީ ނޫސްވެރިއެއް' ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި





