logoEN
Sto top
އައްޑޫގައި ކުރިޔަށްގެންދިޔަ 'އަހަންނަކީ ނޫސްވެރިއެއް' ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި

އައްޑޫގައި ކުރިޔަށްގެންދިޔަ 'އަހަންނަކީ ނޫސްވެރިއެއް' ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

10/7/2025, 12:25:11 PM

# ޔޫތު މިނިސްޓްރީ

-

އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި 'އަހަންނަކީ ނޫސްވެރިއެއް' ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

Wamco

މި ޕްރޮގުރާމްގައި އައްޑޫ ސިޓީގެ އެކި ރަށްތަކުން ޖުމްލަ 37 މީހުން ބައިވެރިވާއިރު، އޭގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި އެ ސަރަޙައްދުގައި ހިންގާ އޮންލައިން ނޫސްތައް ހިމެނެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ، ރާއްޖޭގެ މުޖްތަމަޢުގައި ހިނގާ އެކި ކަންކަމަށް ޒުވާނުންގެ މެދުގައި ހޭލުންތެރިކަމާއި ފާޑުކިޔުންތެރި ވިސްނުން ކުރިއެރުވުމެވެ.

އައްޑޫގައި ކުރިއަށްދިޔަ ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޚަބަރު ފެތުރުމާއި ޚަބަރު ފެތުރުމުގައި ޒިންމާދާރު ވާންވީ ގޮތްތަކާއި އަޚްލާޤީ މިންގަނޑުތަކަކުގެ މައްޗަށް ކަމަށް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ޝަމްޢާން ވަނީ ވިދާޅުވެފައެވެ.

އަހަންނަކީ ނޫސްވެރިއެއް' އަކީ ތަޢުލީމީ އަދި މުޖުތަމަޢު ބިނާކޮށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށަށް ވެސް މި ޕްރޮގްރާމް ތަޢާރަފް ކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ ރާވާފައެވެ.

އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، އަތޮޅުތަކުގައި މިގޮތަށް ކުރިއަށްގެންދާ 4 ވަނަ ޕްރޮގުރާމެވެ. މީގެ ކުރިން، ތުލުސްދޫ ، ފުވައްމުލައް، ރ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC