logoEN
PNC TOP 3
ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

9/29/2025, 1:06:33 PM

# ޔޫތު މިނިސްޓްރީ

-

ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

PNC MID 2

ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ މަގުސަދުގައި ފަންނުވެރިންގެ ދަފްތަރެއް ވަނީ އެކުލަވާލާފައެވެ.

ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި އަދި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން "ފަންނުވެރިން ދަފްތަރުކުރުމުގެ އުސޫލު" އާއި އެއްގޮތަށް ދަފްތަރުވުމަށް ހުށަހެޅުމަށް ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ވަނީ އެދިފައެވެ.

ރަޖިސްޓްރީވުމަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި އައިޑީ ކޮޕީ، ޕާސްޕޯޓް ސައިޒްގެ ފޮތޯ، ޕޯޓްފޯލިއޯ / ސީވީ އަދި އިގްރާރް ( އޮންލައިން ފޯމް ހުށަހަޅާނަމަ) ހިމެނެއެވެ.

ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މި ލިންކު މެދުވެރިކޮށް ލިބިލައްވާނެ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC