logoEN
WAMCO TOP 1
އޭއީއެޗްގެ މުވައްޒަފުންނަށް ޕޭޝަންޓް ސޭފްޓީ އާއިގުޅޭ މައުލޫމާތު ސެޝަނެއް ބާއްވައިފި

އޭއީއެޗްގެ މުވައްޒަފުންނަށް ޕޭޝަންޓް ސޭފްޓީ އާއިގުޅޭ މައުލޫމާތު ސެޝަނެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

7/13/2025, 10:00:08 AM

# އޭއީއެޗް

-

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ މުވައްޒަފުންނަށް ޕޭޝަންޓް ސޭފްޓީ އާއި ގުޅޭ ގޮތުން މައުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.

THE TRAVELLER AD

މި ސެޝަން ނަންގަވައިދެއްވީ ކޮލިޓީ ކޮމިޝަނަރ އޮފް ހެލްތު ތަސްލީމާ އުސްމާނެވެ.

02 ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސެޝަން ގައި ބަލިމީހާ ފަރުވާ ހޯދާ މާޙައުލަކީ ދުޅަހެޔޮ މާޙައުލަކަށް ހެދުމާއި އަދި ދެވޭ ފަރުވާއަކީ ރައްކާތެރި އެކަށީގެންވާ ފަރުވާއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ބަލިމީހާ ބަލިން ރަނގަޅުވުމުގައި އެންމެ ބޮޑު ދަޢުރެއް އަދާކުރާ ބަޔަކީ ބަލިމީހާއަށް ފަރުވާ ދިނުމުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންކަމުން، ބަލިމީހާގެ ފަރުވާގެ ކަންކަން އެންމެ ރަނގަޅަށް ގެންދެވޭނީ، ސިއްޙީ އެހީތެރިންގެ ސަލާމަތްކަމާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންކަން ފާހަގަ ކުރައްވާ، މިސެޝަންގައި ސިއްޙީ ޙިދުމަތްތެރިންނަށް"ސައިކޮލޮޖިކަލް ސޭފްޓީ އިން ހެލްތްކެއާ" އަށް ފޯކަސްކޮށް މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް ކުރާނެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ދެ ސެޝަންގައި ވެސް ފާހަގަކުރެއްވި ކަންތައްތަކާއި ގުޅިގެން އިސްކަންދޭންވީ ކަންކަމާއި ޖަވާބުދާރީވާންޖެހޭ ކަންކަމުގެ މައްޗަށް މައުލޫމާތު ބަދަލުކޮށްފައިވެއެވެ.

މި ސެޝަން ތަކުގައި 50 ހަކަށްވުރެ މުވައްޒަފުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުން، އެލައިޑް ހެލްތު ކެއާ ޕްރޮފެޝަނަލްސް އަދި އިދާރީ މުވައްޒަފުން ހިމެނެއެވެ.

ކޮމެންޓް
ފަހުގެ
HDC