
-
ބޭސިކް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމެއް މ.މުލަކުގައި ކުރިއަށް ގެންގޮސްފިއެވެ.

މ..މުލަކު ހެލްތު ސެންޓަރ އިން މިމަހު 08 އިން 10 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ރަށުގެ އެކި އެކި ދާއިރާތަކުގެ ވަނީ ބައިވެރިވެފައެވެ.
މިޓްރެއިންގގައި ފުރަތަމަ އެހީ ދިނުމަކީ ކޮބައިކަމާއި ފުރަތަމަ އެހީ މީހަކަށް ނުވަތަ ބަޔަކަށް ދޭންޖެހޭ ހާލަތްތައް ކިޔައިދީފައިވެއެވެ. އަދި ފުރަތަމަ އެހީ ދިނުމުގައި ޚާއްސަ ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް އެމީހާ ގެންދެވެންދެން އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ކިޔައިދީފައިވެއެވެ.
މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓްދީފައިވެއެވެ.
ގުޅުންހުރި

މުލަކުގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

ބޭސިކް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމެއް މ.މުލަކުގައި!

ހޮޅުދޫއާއި މުލަކުގެ މަގު ހެދުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށް!




