
މުލަކު މަގު ހެދުމުގެ މަޝްރޫއު: ބައެއް މަގުތަކުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިޔަށްދަނީ
# އާރްޑީސީ# މ މުލަކު--
މ މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ހާމަކޮށްފި އެވެ.

އާރްޑީސީން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ މާވެޔޮ ހިނގުމުގައި މަގު ކޮނުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި އެހެނިހެން މަގުތަކުގައި ކޯނަރ ކާރބް ޖެހުމާއި ބެކް ފިލިންގގެ މަސައްކަތްތައް ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫއުގައި 6.077 ކިލޯ މީޓރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. އަދި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި ޕޭވްމަންޓް ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ދަށުން ކުރާނެއެވެ.
ގުޅުންހުރި

ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ ތިން ވަނަ ފޭސްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ގުޅީފަޅުން 160 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި

ތިނަދޫ ސިޓީގެ މަގުތައް ހެދުމުގެ ތިން ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި




