logoEN
Sto top
އިސްލާމީ މަރުކަޒުގެ ތެރެއަށް ވާރޭވެހުން: ޝަހީމް ދެއްވީ މައްސަލަ ހައްލުކުރަން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ޔަގީންކަން!

އިސްލާމީ މަރުކަޒުގެ ތެރެއަށް ވާރޭވެހުން: ޝަހީމް ދެއްވީ މައްސަލަ ހައްލުކުރަން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ޔަގީންކަން!

އަހުމަދު ޝުރާއު

logo

7/11/2025, 4:02:29 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

އިސްލާމީ މަރުކަޒުގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީން އެންމެ މަތީ ދަރަޖާގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު ދެއްވައިފި އެވެ.

Wamco

ޝަހީމް މިފަދައިން ވިދާޅުވީ އިއްޔެ މާލެއަށް ކުރި ވައްސާރާގައި އިސްލާމީ މަރުކަޒުގެ ތެރެއަށް ވާރޭވެހި މިސްކިތްތެރޭގައި ފެންބޮޑުވުން ހުއްޓުވުމަށް ބާލީދީ ބަހައްޓާފައި ހުރި ވީޑިއޯތަކެއް އާންމުވުމާއި ގުޅިގެންނެވެ.

އެގޮތުން މީޑިއާތަކަށް ރޭ ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރީ މި ދިޔަ އަހަރު ކަމަށާއި ޖަހާފައިވަނީވެސް އެސްޓީއޯގެ ޓިނު ކަމަށާއި އެ މަސައްކަތްކޮށްފައިވަނީ އެމްޓީސީސީ އިން ކަމަށެވެ. ޝަހީމް ވިދާޅުވީ މީގެ ކުރިން ހުރި ޓިނު ބަދަލުކުރީ ވެސް އެތެރެއަށް ވާރޭ ވެހޭތީވެ ކަމަށެވެ.

އަދި ރޭ މަރުކަޒަށް ވާރޭ ވެހުމާ ގުޅިގެން ހުރި ކަންބޮޑުވުންތަން ބަލައިގަންނަކަމަށާއި އެ މައްސަލަ ހައްލުކުރަން ކަމާގުޅޭ ޓީމްތައް މަސައްކަތްކުރަމުންދާކަމަށް ޝަހީމް ވިދާޅުވިއެވެ.

40 އަހަރު ވެފައިވާ ޤައުމީ މި ބިނާ ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން މިނިސްޓްރީ އިން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޝަހީމް ވަނީ ރޭ ދެއްވާފައި އެވެ.

މިއަހަރަކީ އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރު ފުރޭ އަހަރެވެ. އެގޮތުން އެކި ސަރުކާރުތަކުން މީގެ ކުރީންވެސް ވަނީ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ އިތުރުން މަރާމާތުގެ ބޮޑެތި މަސައްކަތްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside