
-
މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ފަހުން ގެއްލިގެން ހޯދަމުން ދިޔަ ދޯނި ފެނިފައިވާ ކަމަށް ސިފައިން ހާމަކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މަހަށް ނިކުމެ އުޅިނިކޮށް ގެއްލުނުކަމަށް އިއްޔެ ރިޕޯޓުކޮށްފައިވާ ދޯނި، ސަލާމަތްތެރިކަމާ އެކު އަނބުރާ ރަށަށް ވަދެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހަތް މީހުންނާ އެކު މަހަށް ނިކުތް ތ.ވިލުފުށީ "ވިލުރޯދި" ނަމަކަށްކިޔާ ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކުރީ އިއްޔެ އެވެ.
ނަމަވެސް ޖުލައި 11ވަނަ ދުވަހުގެ ދަންވަރު އެ ދޯނީގައި ތިބި ފަޅުވެރިންނާ ގުޅި، ސަލާމަތްތެރިކަމާ އެކު ދަންވަރު 02:00 ހާއިރު ދޯނި ތ.ވިލުފުއްޓަށް ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައި އެވެ.
އިއްޔެ ރާއްޖޭގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައިއެވެ. އެގޮތުން ޖުލައި އިއްޔެގެ މެންދުރު 12:00އިން ފެށިގެން އެދުވަހުގެ 22:30އާ ހަމައަށް ރިޕޯޓްކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުމުގެ ހާދިސާއާއި، ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ހާދިސާއާއި، އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާއާއި، 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާއާއި، 4 މީހުންނާ އެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާއާއި، މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާއާއި، 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަ ހާދިސާ ހިމެނެއެވެ.
ގުޅުންހުރި

ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލާއި ގުޅިގެން ހުރާގައި "ސީޕީއާރު-އޭއީޑީ" ކޯހެއް ހިންގައިފި

ގެއްލުނު ޒަކަރިއްޔާ ހޯދުމަށް މިހާތަނަށް ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި

މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ދޯނި ފެނިއްޖެ: އެންމެންގެ ހާލު ރަނގަޅު!
