logoEN
Sto top
އަޑިޔަށްދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭ ސަމާލުވާން އިލްތިމާސްކޮށްފި

އަޑިޔަށްދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭ ސަމާލުވާން އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

7/11/2025, 3:51:08 AM

# އެމްއެންޑީއެފް

-

ރޭ އަޑިޔަށްދިޔަ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭ ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

Wamco

"އޯޝަން އެކްސްޕްރެސް" ބޯޓު އަޑިޔަށް ގޮސްފައިވަނީ މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް ބޯޓަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވެ، ކ.ރިހިވެލި ކަނޑުއޮޅި ކައިރިއަށް ރޭގެ ވަގުތެއްގައި އެވެ.

ސިފައިން މިއަދު ބުނީ "އޯޝަން އެކްސްޕްރެސް" ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ، ކ.ރިހިވެލި ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި، ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށްގޮސްފައިވާ އިރު، އެ ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު ޖުލައި 10ވަނަ ދުވަހުގެ 22:52 ހާއިރު މާލެ ގެނެސްފައެވެ.

މި މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside