
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް ޕީޖީ އޮފީހުން ފަންނީ އެހީތެރިކަން ދެނީ
# ޕީޖީ އޮފީސް-
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޢާންމުކުރުމުގައި އިޖުތިމާއީ މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ދިނުމާބެހޭ ފަހުމްނާމާއެއްގައި ޕީޖީ އޮފީހުން ސޮއިކޮށްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އިންޓަރނެޓުން ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހެއެވެ. މިކަން ކުރުމަށް މަތިކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއެވެ.
މިނިސްޓްރީގައި އިއްޔެ އޮތް ބައްދަލުވުމުގައި މިކަމާބެހޭ ފަހުމްނާމާގައި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލް ޢަލީއެވެ.
މިހާރު މި މަޢުލޫމާތު ޝާއިޢުކުރަމުން ގެންދަނީ، މިނިސްޓްރީއާ ގުޅިގެން ޕީޖީ އޮފީހުގެ “އާމަހި” ވެބްސައިޓުގައެވެ. އިއްޔެ ސޮއިކުރެވުނު ފަހުމްނާމާގެ ދަށުން މިނިސްޓްރީން މި މަޢުލޫމާތު ހޯސްޓުކޮށް، އަޕްޑޭޓްކުރެވޭގޮތަށް ޕޯޓަލް ތަރައްޤީކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މި މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ޝާއިޢުކުރެވޭނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ޓެކުހަށް މަކަރުހެދި ކުންފުނިތަކާއި ދެ ޑޮކްޓަރުންގެ މައްޗަށް ދައުވާ ކުރަން ކޯޓަށް: ޕީޖީން އެދެނީ އެންމެ ބޮޑު އަދަބު ދޭން!

ޕީ.ސީ.އާރ ޓެސްޓިންގ އިން އެންމެ ބޮޑަށް ފައިދާލިބުނު ދެކުންފުނީން ޓެކުހަށް މަކަރުހެދިކަމުގެ ތުހުމަތު: ޑރ އިކްލީލް އާއި ޑރ ލަތީފަށް ދައުވާކޮށްދޭން އެދެފި

ފަޒުލް އަދި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައެއްނުވޭ: ޕީޖީ

.gif&w=3840&q=75)



