
ރޯދައިގެ ފަހު 10 ގައި ސަރުކާރު ބަންދަސް ޕީޖީ އޮފީހުގެ ރިސެޕްޝަން ކޮންމެ ދުވަހެއްގެ ދެ ގަޑިއިރަށް ހުޅުވިފައި ހުންނާނެ!
# ޕީޖީ އޮފީސް-
މި ރަމަޟާން މަހުގެ ފަހު 10 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި، ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވައިފި އެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ އެ އޮފީހަށް ބަލައިގަންނަންޖެހޭ ލިޔެކިއުންތައް ބަލައިގަތުމަށާއި، ޢާންމުންނަށް ދޭންޖެހޭ އެހެނިހެން ޚިދުމަތްތައް ދިނުމަށްޓަކައި، ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގައި، ހުކުރު ހޮނިހިރު ފިޔަވައި، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ޕީޖީ އޮފީހުގެ ރިސެޕްޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.
މި ދުވަސްތަކުގައި އެ އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން މަސައްކަތްކުރާނީ ގޭގައި ތިބެގެން ކަމަށް ވީ ނަމަވެސް ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެކަންވެސް އިއުލާނުގައި ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މުވައްޒަފުން ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެކަމަށްވެސް ވަނީ ބުނެފައި އެވެ.
މި މުއްދަތުގައިވެސް، online.pgo.mv މެދުވެރިކޮށް ޕީޖީ އޮފީހުގެ ޚިދުމަތްތައް މެދު ނުކެނޑި ލިބިގެންދާނެކަން އިއުލާނުގައި ވަނީ ފާހަގަކޮށްފައި އެވެ.
ގުޅުންހުރި

ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ޝަރުޠުތަކާއެކު ދިރާސާކުރެވޭ ލިޔުންތައް ޕީޖީ އޮފީހުގައި ބެލުމުގެ އިންތިޒާމު ހަމަޖައްސައިފި

އައްމަޓީގެ މައްސަލަ އިސްތިއުނާފުކޮށް، ޕާސްޕޯޓު ހިފަހައްޓައިފި

ސީލައިފް ޚިޔާނާތާ ގުޅިގެން އައްމަޓީގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި، ޕީޖީން މައްސަލަ އިސްތިއުނާފް ކުރަނީ




