logoEN
Sto top
50 ދޯންޏަކަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

50 ދޯންޏަކަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

އަހުމަދު ޝުރާއު

logo

7/9/2025, 12:08:24 PM

# ފިޝަރީޒް މިނިސްޓްރީ

-

މިއަދު މިފްކޯއިން 50 ދޯންޏަކަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

Wamco

މި ފައިސާއަކީ މިމަހުގެ 6 ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހުގެ އަގަށްވާ ފައިސާއެވެ. މި މަހުގެ 6 ވަނަ ދުވަހު 50 ދޯންޏަށް 3،644،222 (ތިން މިލިއަން ހަ ލައްކަ ސާޅީސް ހަތަރުހާސް ދުއިސައްތަ ބާވީސް) ރުފިޔާ މިފްކޯއިން ދީފައިވެއެވެ.

މީގެއިތުރަށް މިމަހުގެ 7 ވަނަ ދުވަހު 75 ދޯންޏަކަށް 5،156،362 (ފަސްމިލިއަން އެއްލައްކަ ފަންސާސް ހަ ހާސް ތިންސަތޭކަ ފަސްދޮޅަސް ދޭއް) ރުފިޔާ މިފްކޯއިން ދީފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނާގޮތުގައި މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްޤީ މިސަރުކާރުން އަންނަނީ ގެނެސް ދެމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރުދަނީ ފައިސާ ދޫކުރަމުންނެވެ. މިއާއެކު މަސްވެރިކަމަށް ނިކުންނަ ދޯނިތައް އިތުރުވެ މަސްވެރިކަމަށް ނިކުންނަ ޒުވާނުންވެސް އިތުރުވަމުންދާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside