
މޯލްޑިވިއަނުން ޗައިނާގެ ޝެންޒެންއަށް ދަތުރުތައް ފަށައިފި: ފުރަތަމަ ފްލައިޓުގައި 146 ފަތުރުވެރިން!
# މޯލްޑިވިއަން-
ގައުމީ އެއާލައިން މޯލްޑިވިއަނުން ޗައިނާގެ ޝެންޒެންއަށް ސީޒަނަލް ދަތުރުތަކެއް ފަށައިފި އެވެ.

މޯލްޑިވިއަންއިން މިއަދު ބުނީ ޗައިނާގެ ޝެންޒެންއަށް އެއާލައިނުން ފެށި ސީޒަނަލް ދަތުރުތައް އަންނަ މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ހަފްތާއަކު އެއް ދަތުރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މޯލްޑިވިއަނުން ޗައިނާގެ ޝެންޒެންއަށް ކުރި ފުރަތަމަ ފްލައިޓްގައި 146 ފަތުރުވެރިން ވަނީ އައިސްފައެވެ. އެގޮތުން މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ތައިލެންޑުގެ ބެންގކޮކުގައި ޓްރާންސިޓްކުރުމަށްފަހުގައި އެވެ.
މޯލްޑިވިއަންއިން ބުނީ އެ ސިޓީއަށް ދަތުރު ފެށީ މިދުވަސްވަރު އެ ސަރަހައްދުން ރާއްޖެއަށް އަންނަން ޑިމާންޑް ބޮޑުވުމުން ކަމަށެވެ.
މި ދަތުރުތައް ފެށުމަށްޓަކައި ފުރަތަމަ ކުރި ދަތުރުގައި ރާއްޖެ އައި ފަތުރުވެރިންނަށް ރަތް ފިނިފެންމަލުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
މޯލްޑިވިއަނުން ގެނައި ވައިޑް-ބޮޑީ ބޯޓާ އެކު މި އަހަރުގެ ކުރީކޮޅުން ފެށިގެން އަންނަނީ ޗައިނާގެ ތިން ސިޓީއަކަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީ އެވެ. ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަ ގައުމެވެ.
ގުޅުންހުރި

މޯލްޑިވިއަނުން ޗައިނާގެ ޝެންޒެންއަށް ދަތުރުތައް ފަށައިފި: ފުރަތަމަ ފްލައިޓުގައި 146 ފަތުރުވެރިން!

މޯލްޑިވިއަންގެ ފުރަތަމަ އިންޖިނިއަރިން ސަރވިސް އިމާރާތް ހުޅުވައިފ: ޚާއްސަކުރީ މަރްހޫމް އަލީ ފިރާޤަށް!

މޯލްޑިވިއަންގެ ފްލީޓާއި އަލަށް ގުޅޭ އޭޓީއާރް ރާއްޖެ ގެނެސްފި
