
އިބަމައިގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސިލްސިލާ ޕްރޮގްރާމެއް ފަށައިފި
# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ-
އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ މަސައްކަތްތަކާ ގުޅޭގޮތުން އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުގެ އިސް މުވައްޒަފުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މި ވުޒާރާގެ ފަރާތުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ މަޢުލޫމާތު ފޯރުކޮށްދީފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށެވެ. އެގޮތުން، ސްޓެލްކޯގެ ސެމިނަރ ރޫމްގައި އިއްޔެ ކުރިއަށް ގެންދިޔަ މި ސެޝަންގައި ޖުމްލަ 32 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ސެޝަންގައި އިބަމައަކީ ކޮބައިކަމާއި، އިބަމައިން ކުރަމުން ގެންދާނެ މަސައްކަތްތަކާއި، ރާއްޖޭގެ ރަށްރަށުގައި އިބަމަ ގާއިމުކުރުމަށްޓަކައި ޔުނިސެފްއާއި ހިއްސާދާރު އެހެން މުއައްސަސާތައް ގުޅިގެން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ކުރިއަށް ރާވާފައި ހުރި ކަންކަމާއި އަދި އިބަމައިގެ ސަބަބުން މިހާތަނަށް ހާސިލްކުރެވިފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.
ގުޅުންހުރި

އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ހޯދުމަށް އދގެ މަންދޫބާއިއެކު މަޝްވަރާކޮށްފި

ފޮނަދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމު ކުރިޔަށް ގެންގޮސްފި

'ޙާލު ކިހިނެއް؟' ޕްރޮގްރާމް ހުޅުމާލެ ފޭސް-1 ގައި ފެށުމަށް ތައްޔާރުވަނީ
