
-
އިންވެސްޓަރުންގެ އިތުބާރު ދިވެހިރާއްޖެއަށް ބޮޑުވެ، ސަރުކާރުގެ މާލީ ހިންގުމުގެ ކާމިޔާބީއާ އެކު، ފާއިތުވި މަސްތަކުގައި ދިވެހިރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރިން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ބައިނަލްއަޤްވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކައިދޭ ސުކޫކް 07 ޖުލައި 2025 ގައި 87.44 އެމެރިކާ ޑޮލަރަށް ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ހުރި 64.72 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ދިވެހިރާއްޖޭގެ އިޤްތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއްކަން ފާހަގަކޮށް އެމިނިސްޓްރީން ބުނީ މީގެ ސަބަބުތަކުގެ ތެރޭގައި ދިވެހި ސަރުކާރުން މިފަހުން އަޅާފައިވާ އުންމީދީ މުހިންމު ފިޔަވަޅުތަކެއް ފާހަގަކޮށްލެވޭ ކަމަށެވެ.
މާރިޗް 2025 ގައި ސަރުކާރުން ވަނީ އަމިއްލަ ކްރެޑިޓަރަކަށް ބޮޑު ރިޕޭމަންޓެއް ދައްކައިފައެވެ. އޭގެ ފަހުން އޭޕްރީލް 2025 ގައި ސުކޫކް ކޫޕަން ޕޭމަންޓްވެސް ދައްކައިފައިވެއެވެ.
މީގެ އިތުރުން، ހަރުދަނާ އަދި އެއްބާރުލުންދޭ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް ވަނީ ބުނެފައި އެވެ. ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި މުހިންމު ބައިލެޓަރަލް ޕާޓްނަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ސުކޫކްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކާއި ދުނިޔޭގެ މާލީ މުޖުތަމައުއާ ގުޅިގެން ކުރާ މަސައްކަތުގެ ހެޔޮ އަސަރު ކަށަވަރުކޮށްދޭ ބައިނަލްއަގްވާމީ ބާޒާރުން ލިބުނު އިތުބާރުގެ ސާފު ވޯޓެއްކަމަށާއި ވިސްނުންތެރިކަމާއެކު މާލީ ކަންކަން ބެލެހެއްޓުމާއި ބައިނަލްއަޤްވާމީ އެއްބާރުލުން ހަރުދަނާކުރަމުންކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

މިނިސްޓްރީތަކެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ!

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން އާއި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ!

އެސް.ޑީ.އެފްއަށް ފައިސާ ޖަމާކުރުން އިތުރުވެއްޖެ





