logoEN
WAMCO TOP 1
އެންހޭންސިން ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

އެންހޭންސިން ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

އަހުމަދު ޝުރާއު

logo

4/30/2026, 7:07:21 AM

# ފިނޭންސް މިނިސްޓްރީ

-

ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ, އެންހޭންސިން ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ، ރޭޑާ ޓަވަރ ބިލްޑިންގގެ ސިވިލް ވޯކްސް، ޓްރޭނިންގ، އަދި މެއިިންޓެނަންސް އާއި ރިޕެއާ ޚިދުމަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

THE TRAVELLER AD

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިއަދު ކުރި އިއުލާނެއްގައި ވަނީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމްންޓް އެންޑް އެނާރޖީގެ ބޭނުމަށް، ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ އެންހޭންސިން ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން، ޑިޒައިން ސަޕްލައި އަދި އިންސްޓޯލޭޝަން އޮފް ރޭޑާ ސިސްޓަމް – (ރޭޑާ ޓަވަރ ބިލްޑިންގގެ ސިވިލް ވޯކްސް، ޓްރޭނިންގ، އަދި މެންޓެނަންސް އަދި ރިޕެއާ ޚިދުމަތްތައް ހިމެނޭހެން) ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ ކަމަށެވެ.

މިނިސްޓްރީން ވަނީ މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ.ބީ) އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

އެގޮތުން ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ވަނީ ބަޔާންކޮށްފައެވެ.

މި ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ، 2026 މޭ 14ވާ ބުރާސްފަތި ދުވަހުގެ 11:00:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ.

ކޮމެންޓް
ފަހުގެ
HDC