
-
މިދުވަސްވަރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން އާއްމުންނަށް މައުލޫމާތު ދިނުމާއި ސިއްޙީ ހާލަތު ދެނެގަތުމަށްޓަކައި ފ.އަތޮޅުގެ ހޮސްޕިޓަލުގެ މުވައްޒަފުން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މިއީ މިހާރު ފެތުރަމުންދާ ރޯގާއި ގުޅޭ މައުލޫމާތުދީ، ރަށުތެރޭގެ އާއްމު ސިއްޙަތުގެ ހާލަތު ދެނެގަތުމަށްޓަކައި މިމަހުގެ 6 އިން 08 ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
މިހަރަކާތުގެ ތެރެއިން ބަލިވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކާއި، ބަލިވުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތުތައް ހޮސްޕިޓަލްގެ ޓީމުން ރައްޔިތުންނާ ވަނީ ހިއްސާކޮށްފައެވެ.
ހުމާއި އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް މި ދުވަސްވަރު އިތުރުވަމުންދާތީވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ވެސް ވަނީ ރައްކާތެރިކަމުގެ ފިވަޔަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް:
- ގިނައިން މީހުން އެއްވާ ތަންތަނަށް، ދިފާއީ ނިޒާމު ބަލި ކަށި މީހުން ނުދިއުން.
- ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުން.
- ހުން އައިސް ރޯގާގެ އަލާތްމާތްތައް ހުންނަނަމަ ކުޑަކުދިންނާއި އެހެން މީހުންނާ ދުރުވެ އުޅުން.
- އަރިދަފުސް ރޯގާ ހުރިނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަގަޅަށް ނިވާވާނެހެން މާސްކުއެޅުން.
- ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން ކޮންމެހެން ދާންޖެހޭ ހާލަތްތަކުގައި މެނުވީ ބަލި މީހުންނަށް ޒިޔާރަތް ނުކުރުން
- ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުން.
ގުޅުންހުރި

ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފުލުއެންޒާގެ ކޭސްތައް އިތުވެއްޖެ

ހުމާއި ރޯގާގެ ޙާލަތު ދެނެގަތުމަށް ފ.އަތޮޅުގެ ހޮސްޕިޓަލުގެ މުވައްޒަފުން ގޭގެއަށް!

އުފަންވާ ކުދިންގެ އާބާދީ އިތުރު ކުރުމަށް ސަމާލުކަން ދޭންޖެހޭ - ނާޒިމް
