logoEN
WAMCO TOP 1
މާފަރު އެއާޕޯޓު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި ރަސްމީކޮށް އިފްތިތާހްކޮށްފި

މާފަރު އެއާޕޯޓު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި ރަސްމީކޮށް އިފްތިތާހްކޮށްފި

އަހުމަދު ޝުރާއު

logo

7/8/2025, 9:34:00 AM

# މާފަރު އެއާޕޯޓު

-

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގގެ މަސައްކަތް ނިންމައި ރަސްމީކޮށް އިފްތިތާޙުކޮށްފި އެވެ.

THE TRAVELLER AD

މިކަމަށްޓަކައި މިއަދު މާފަރުގައި އޮތް ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދެވެ. އަދި މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފަރާތުން ރާއްޖެއަށް ކަނއަޅާފައިވާ އެމްބެސެޑަރ ޝައިޚް ރަހްމާ އަބްދުއްރަޙްމާން ރަހްމާ އަބްދުއްރަޙްމާން އަލް ޝަމްސީ އާއި އަދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) ގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ 2 ފިޔަވައްސަކަށް ބަހާލައިގެން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) މެދުވެރިކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހީގެދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް 23 ޖެނުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖެއާއި ޓަފް އޮފްޝޯ އެންޖިނިއަރިންގ ސަރވިސަސް ޕްރައިވެޓް ލިމިޓްޑް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެއެވެ. މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 49 މިލިއަން އެމެރިކާ ޑޮލަރެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ރަންވޭއަށް ބޭނުންވާ ބިން ހިއްކުން އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރުމާއި 2200 މީޓަރު ދިގު ރަންވޭއެއް (ޓެކްސީވޭ، އެޕްރަން އަދި ފަޔަރޕެޑް/ ރޯޑް އާއެކު) ހެދުމާއި ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޕެސެންޖަރ ޓަރމިނަލް ޢިމާރާތެއް ތަރައްޤީކޮށް ފަޔަރ އެންޑް ރެސްކިއު ސްޓޭޝަން އަދި ކޮންޓްރޯލް ޓަވަރެއްވެސް ވަނީ ތަރައްްޤީކޮށްފައި އެވެ.

އަދި މެއިންޓެނަންސް ހޭންގާރ އަކާއިޕެސެންޖަރ ޖެޓީ އަދި ވީވީއައިޕީ ޕެސެންޖަރ ޖެޓީއެއް ހެދުމުގެ އިތުރުން ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި ގްރައުންޑް ހެންޑްލިންގ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި ސެކިއުރިޓީ ފެންސްގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ވަނީ ކޮށްފައި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީކުރުމަށް 27 ޑިސެމްބަރ 2022 ގައި އޭ.ޑީ.އެފް.ޑީ އާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއިއެވެ. އެމް.ޓީ.ސީ.ސީއާއިއެކު 8 ޑިސެމްބަރު 2024 ގައި ވެވުނު އެއްބަސްވުމުގެ ޖުމްލަ އަގަކީ 27 މިލިއަން އެމެރިކާ ޑޮލަރެވެ.

މިގޮތުން ދެވަނަ ފިޔަވަހީގައި ކޯޑް އީ އެއާކްރާފްޓް ޖެއްސުމަށް، ފުރަތަމަ ފިޔަވަހީގެ ދަށުން ހެދިފައިވާ 2200 މީޓަރު ދިގުމިނުގެ ރަންވޭއަށް އިތުރު 650 މީޓާރު އިތުރުކޮށް، ރަންވޭއަކަށް ވަނީ ފުޅާކޮށްފައި އެވެ. އެގޮތުން ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓު ކުރުމަށް މިއަހަރުގެ ތެރޭގައި އެއާޕޯޓަށް ވަނީ އެމިރޭޓްސްގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ކަމަށްވާ ބޮއިންގ 777 މަރުކާގެ ބޯޓެއް ޖައްސާފައި އެވެ.

ދެވަނަ ފިޔަވަހީގައި އިތުރަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ރަންވޭ ދިގުކުރުމަށް އަދި ފުޅާކުރުމަށް ބޭނުންވާ ބިންހިއްކުން އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ރަންވޭ އެއާފީލްޑް އަދި އެއާފީލްޑް ލައިޓް އަޕްގްރޭޑް ކުރުން ހިމެނެއެވެ.

މި ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީސީން ނިންމާލާފައިވަނީ 6ޑިސެމްބަރު 2024 ގައެވެ.

އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުން ފާހަގަކުރުމަށްޓަކައި މިއަދު އެ ރަންވޭ ބޭނުންކުރަން ފެށުމަށްޓަކައި ފުރަތަމަ ޖެއްސީ މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓެއް ކަމަށްވާ އޭ330 މަރުކާގެ ބޯޓެވެ. މިއަދު ރަސްމިއްޔާތަށް މިނިސްޓަރު ސައީދު މާފަރަށް ވަޑައިގެންނެވީ އެބޯޓުގައި އެވެ.

ކޮމެންޓް
ފަހުގެ
HDC