logoEN
Sto top
ރައީސްގެ އެދިލެއްވުމަކާއި އެކު މޮރޮކޯގައި ދިވެހި އިމާމުންނަށް އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ލިބިއްޖެ

ރައީސްގެ އެދިލެއްވުމަކާއި އެކު މޮރޮކޯގައި ދިވެހި އިމާމުންނަށް އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ލިބިއްޖެ

އަހުމަދު ޝުރާއު

logo

7/7/2025, 1:27:42 PM

# މޮރޮކޯ# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ.

Wamco

މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ކަމަށާއި ކިޔަވަން ތިބޭ މުއްދަތުގައި ޕޮކެޓްމަނީ ވެސް ލިބިގެންދާނެ ކަމަށެވެ.

އަދި މިކަން މިގޮތައް ފަހި ވެގެން ދިޔައީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މޮރޮކޯ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެންކަން ޝަހީމް ފާހަގަކުރެއްވި އެވެ.

އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން އެޤައުމުގައި ޤާއިމުކޮށްފައިވާ ޚާއްޞަ އިންސްޓިއުޓަކީ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ އެތަނުގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދެއްވާ ކަމަށެވެ.

އަދި އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށާއި މި އެއްބަސްވުން މިހާރު މިނިސްޓްރީ އަށް ލިބިފައިވާކަން މިނިސްޓަރު ހާމަކުރެއްވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ މި 5 އަހަރު ތެރޭ 500 އެއްހާ ހާފިޒުން ބިނާކުރުމަށް ކަމަށާއި މިކަމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމެއް ކަމަށެވެ. އަދި މި މަހުން ފެށިގެން ރައީސް ޑރ މުއިއްޒުވަނީ ހާފިޒުންގެ އެލަވަންސް ވެސް ބޮޑު ކުރައްވާފައިކަން ޝަހީމް ފާހަގަކުރެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside