logoEN
Sto top
އެޗްޑީސީގެ އެމްޑީ މައުރޫފް ރިޓަޔަރ ކުރައްވަނީ

އެޗްޑީސީގެ އެމްޑީ މައުރޫފް ރިޓަޔަރ ކުރައްވަނީ

އަހުމަދު ޝުރާއު

logo

7/7/2025, 9:10:27 AM

# އެޗްޑީސީ

-

ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފު ޖަމީލް ރިޓަޔަރކުރައްވަން ނިންމަވައިފި އެވެ.

Wamco

މިކަން މިއަދު މައުރޫފް ވަނީ އެކުންފުނީގެ މުވައްޒަފުންނަށް އަންގަވާފައި އެވެ. އެގޮތުން އޭނާ ރިޓަޔަކުރައްވަން ނިންމަވާފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

މިކަމާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން މައުލޫމާތު ދޭގޮތުގައި މައުރޫފް މަގާމުން ރިޓަޔަކުރައްވަން ނިންމަވާފައިވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި އެ ނިންމެވުން ނިންމެވީ ސިއްހީ ބައެއް ކަންކަމާ ގުޅިގެންނެވެ. ނަމަވެސް އެކަމުގެ ސީދާ ތަފްސީލެއް އެފަރާތުން ހާމައެއް ނުކުރެއެވެ.

މައުރޫފު އެޗްޑީސީން ރިޓަޔާ ކުރައްވަނީ ސަރުކާރުގެ "އެޑްވައިޒަރީ" ފެންވަރުގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށްކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.

މައުރޫފް ޖަމީލް އަކީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން މިނިސްޓަރު ކަން ކުރެއްވި ކުޅަދާނެ އާޓިޓެކްޓެކެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި އާބާދު ކުރުމަށްޓަކައި އެތަން ތަރައްޤީކުރުމުގެ މަސައްކަތުގައި މައުރޫފް ވަނީ އިސްކޮށް ހަރަކާތްތެރިވެފައި އެވެ. އަދި އެޗްޑީސީ އުފެއްދި ދުވަސްވަރު އެކުންފުނީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ ވެސް މައުރޫފް އެވެ.

މީގެ އިތުރުން މައުރޫފް އަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ކަމަށާއި ހެލްތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެޓޮލްސް މިނިސްޓްރީ އާއި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓަރުކަންވެސް ކުރެއްވި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އަބްދުﷲ ޖަމީލް ގެ ދަރިކަލުންނެވެ.

މައުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ އެ މަގާމުގައި ކުރީން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެންމަތިވުމާއި ގުޅިގެން މިދިޔަ ޑިސެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside