logoEN
Sto top
އެޗްޑީސީގެ ޗެއާމަނަކަށް ޝަހީރު!

އެޗްޑީސީގެ ޗެއާމަނަކަށް ޝަހީރު!

އަހުމަދު ޝުރާއު

logo

5/29/2025, 11:07:44 AM

# އެޗްޑީސީ

--

ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީގެ އައު ޗެއާމަނަކަށް ބޭފުޅަކު އައްޔަނުކޮށްފި އެވެ.

Wamco

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނެވެރިފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯަޕަރައިޒޭޝަން ބޯޑުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ 29 މެއި 2025 ވަނަ ދުވަހު، ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން – އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް މ. ލާލުބާގް އަލްފާޟިލް އަޙްމަދު ޝަހީރު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

އެޗްޑީސީގެ ޗެއާމަނަކަށް އައްޔަނުކުރި ޝަހީރު ވަނީ މި ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށްވެސް އައްޔަނުކޮށްފައިއެވެ. ނަަމަވެސް ފެނަކައިގެ ޗެއާމަންކަމުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޝަހީރު ވަނީ ވަކިކުރައްވާފައި އެވެ.

ޝަހީރަކީ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި މީގެ ކުރީން ހުންނެވީ އަހުމަދު ނާސިފް އެވެ. ނަމަވެސް އޭޕްރިލް މަހުގެ ތެރޭގައި އާސިފް އެމަގާމުން ވަކިކުރައްވައި ވެމްކޯގެ ޗެއާމަނަކަށް ވަނީ އައްޔަނުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside