logoEN
Sto top
ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަރ ޕްލޭން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަރ ޕްލޭން އާންމުންގެ ހިޔާލަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

5/28/2025, 10:12:15 AM

# އެޗްޑީސީ

--

މިދިޔަ ހަފްތާގައި ރަސްމީކޮސް އިފްތިތާހްކުރި ހުޅުމާލޭގެ ރިވައިޒްކުރި މާސްޓަރ ޕްލޭނަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

Wamco

ހުޅުމާލޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ބަދަލުތައް ހިމަނައިގެން ރިވައިޒްކުރި މި މާސްޓަރ ޕްލޭން ލޯންޗުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މާސްޓަރ ޕްލޭނަށް ބަދަލުގެނައީ ހުޅުމާލޭގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމާއެކު، ހުޅުމާލެއަށް ބޭނުންވާ އިތުރު ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ހޯދުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވި ގޮތުގައި، މި މާސްޓަރ ޕްލޭނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތައް ހޯދައިދިނުމަށް އިތުރު ވަސީލަތްތަކާއެކު ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.

މި މާސްޓަރ ޕްލޭނާ ގުޅޭ އެންމެހާ މައުލޫމާތު ޕޯޓަލްއިން މިހާރު ފެންނަން ހުންނާނެއެވެ. އަދި ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް މާސްޓަރ ޕްލޭން ލޯންޗުކުރުމާއެކު ވަނީ ހުޅުވާލެވިފައެވެ.

ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖޫން 2025 އެވެ. މާސްޓަރ ޕްލޭން ފައިނަލް ކުރާނީ އާންމުންގެ ހިޔާލާއި ހުށަހެޅުންތަކަށް ބެލުމަށްފަހުއެވެ.

އެޗްޑީސީން ބުނީ އެކުންފުނީން މަސައްކަތް ކުރަމުންދަނީ އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު ހުޅުމާލެ ތަރައްގީކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީވެފައިވާ ހިތްފަސޭހަ އައިލެންޑް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކަމަށެވެ،

އެޗްޑީސީގެ ރިވައިޒްޑް މާސްޓަރ ޕްލޭން ބަލައިލުމަށާއި، ހިޔާލު ހުށަހަޅާނެ ލިންކު: tinyurl.com/47888w2z

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside