
ޓެކްސަސްގެ ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ރައީސް މުއިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި
# ރައީސް މުއިއްޒު-
އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް، ހިޒް އެކްސަލަންސީ ޑޮނަލްޑް ޖޭ ޓްރަމްޕަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
މީހުން ސަލާމަތްކުރުމަށާއި، ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެން، މި ޙާދިސާގެ އަސަރުކުރި ފަރާތްތަކަށް، އަވަސް ފުރުޞަތެއްގައި ކުރީގެ ދިރިއުޅުން އިޢާދަކުރެވޭނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

ރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސްގެ އިލްތިމާސް!

ލިޔުންތެރީން ވާންޖެހޭނީ ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް - ރައީސް

ޓެކްސަސްގެ ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ރައީސް މުއިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި
.jpg&w=3840&q=75)