logoEN
Sto top
ސްކޫލުތަކުގެ ކޮންފެޝަން ޕޭޖްތަކުގެ މައްސަލަ ބަލަނީ: މިހާތަނަށް 2 ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް!

ސްކޫލުތަކުގެ ކޮންފެޝަން ޕޭޖްތަކުގެ މައްސަލަ ބަލަނީ: މިހާތަނަށް 2 ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

7/6/2025, 4:15:23 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސައިބަރބުލީގެ އަމަލުތައް އިތުރުވަމުންދާތީ، މިކަން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންފަށާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

Wamco

ފުލުހުން މިއަދު ވިދާޅުވީ މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އޭގެ ތެރެއިން 2 ޕޭޖެއް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އަދި މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފް.ސީ.ޕީ) އާއި ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ދަނީ ބަލަމުންކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.

ފުލުހުން އިތުރުަށް ބުނީ މި މައްސަލައަކީ، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށާއި ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާއިރު، މިފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުން ކަމަށެވެ.

އަދި ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް މިފަދަ ޕޭޖްތަކުގައި ޝާއިއުކުރަމުން ދާކަން ފުލުހުން ވަނީ ފާހަގަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside